މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް
މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް ޝަރީފްގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ނެރެފި އެވެ.

މިއަދުގެ ޖަލްސާ ފެށި ވަގުތުގައި ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމާއި، ޝަރީފާ ދެމެދު ވަނީ ހިތްހަމަނުޖެހުންތަކެއް ހިނގާފައެވެ.

މަޖިލީހުގެ ޖަލްސާ ފަށްޓަވައި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަމުން ދިޔަ އިރުވެސް އެ ދެ މެންބަރުން އަޑުގަދަކޮށް ވާހަކަ ދައްކަވަމުން ގެންދެވި އަޑު އިވުނެވެ.

ދެ މެންބަރުންގެ މެދުގައި ހިނގަމުން ދިޔަ ޒުވާބު ހޫނުވެ ޖަލްސާ ކުރިއަށް ގެންދަވަން ދަތިވާވަރަށް މަޖިލީހުގެ ތެރޭގައި އަޑުގަދަވުމުން މަޖިލީހުގެ ރައީސް ވަނީ، ޤަވާޢިދަށް ހުރުމަތްތެރިކޮށް ހިތުމަށް 3 ފަހަރެއްގެ މަތީން އަންގަވާފައެވެ. އޭގެ ފަހުން ރައީސް ނަޝީދު ވަނީ ޝަރީފްގެ ނަން އިއްވަވާ ފަ އެވެ. ނަން އިއްވުމުންވެސް މަޖިލީހުގެ ތަޅުން ދޫކުރަށްވައި ވަޑައިގެންނެވުމަށް ޝަރީފް ދެކޮޅު ހެއްދެވުމުން ސާޖެންޓް އެޓް އާމްސް ވަޑައިގެން ވާހަކަ ދެއްކެވިތާ އިރުކޮޅެއް ފަހުން ޝަރީފް ވަނީ މަޖިލީހުގެ ތަޅުން ދޫކުރަށްވައި ނުކުމެވަޑައިގެންފަ އެވެ.



އެކަމާ ގުޅިގެން ޝަރީފް ފަހުން ވިދާޅުވީ، އޭނާގެ ނަން އިއްވައި މަޖިލީހުން ނެރުނު ނަމަވެސް ބަދަލު ހިފުމުގެ ރޫޙުގައި ފުލުހުންގެ މުއައްސަސާ ސިޔާސީކޮށް، ކޮމިޝަންޑް އޮފިސަރުން ޤާނޫނުން ގެންނަ ބަދަލަކުން ވަކިކޮށް ބޭނުންވާ ބަޔަކަށް އަލުން ވަޒީފާ ދިނުމަށް ފުލުހުންގެ ގާނޫނަށް ގެންނަން ހުށައަޅާ އިސްލާހަށް ތާޢީދު ނުކުރަށްވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން