ރ. ފައިނަކީ ގުދުރަތީ ގޮތުން މުއްސަނދި ރަށެއް ކަމަށާއި އެ ރަށުގައި އެއާޕޯޓެއް އަޅައި ތިމާވެށި ހަލާކުކޮށްލަން އިއްޒަތްތެރި މެމްބަރުން އަދި ރައްޔިތުން ވެސް ނޭދޭ ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
މަޖިލިސް ރައީސް މިހެން ވިދާޅުވީ، މިއަދު ބޭއްވި 2020 ވަނަ އަހަރުގެ 3 ވަނަ ދައުރުގެ 26 ވަނަ ޖަލްސާގައި ފައިނުގައި އެއާޕޯޓެއް އެޅުމާ ގުޅޭ ގޮތުން މެމްބަރަކު ވާހަކަދެއްކެވުމުންނެވެ.
ރައީސް ނަޝީދުގެ އިތުރުން މިއަދުގެ ޖަލްސާގައި ވާހަކަދައްކަމުން، މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާ ސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވެސް ވަނީ ފައިނުގައި އެއާޕޯޓެއް ނާޅާނެ ކަމަށާއި އެކަމަށް އެއްބަސްވުމެއް ވެސް ހެދިފައި ނުވާ ކަމަށް ވިދާޅުވެފައެވެ.
ނަމަވެސް، މިއީ އަބްދުﷲ ޔާމިންގެ ވެރިކަމުގައި، އައިލެންޑް އޭވިއޭޝަނާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.
އެގޮތުން، ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއު އައިލެންޑް އޭވިއޭޝަނާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ އޭރުގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސެވެ.
އައިލެންޑް އޭވިއޭޝަނާ އެ މަސައްކަތް ހަވާލުކުރުމަށް ފަހު ޒަމީރު ވިދާޅުވީ، މި ޕްރޮޖެކްޓުގެ ދަށުން އެއާޕޯޓާ އެކު ދެ ސިޓީ ހޮޓަލާއި މެޑިކަލް ސެންޓަރަކާއި ބައެއްކަހަލަ ސާޖަރީތަކުން ރިކަވާ ވާ މީހުންނަށް ހިދުމަތްދޭ ފެސިލިޓީއަކާއި އައިލެންޑް އޭވިއޭޝަންގެ މަތިންދާބޯޓުތަކަށް ހިދުމަތް ދޭނެ ހެނގަރަކާއި ސްޓާފުން ޓްރެއިން ކުރާނެ ތަނެއް ހަދާނެ ކަމަށެވެ. އެއާޕޯޓްގައި ދެ ބުރިއަށް ހަދާ އިމާރާތުގެ މަތީ ބުރީގައި ހުންނާނީ ލައުންޖްތަކާއި ކެފޭ އަދި ރެސްޓޯރެންޓްތައް ކަމަށް ވެސް އޭރުގެ މިނިސްޓަރު ވިދާޅުވި އެވެ.
ރ. އަތޮޅުގައި މިހާރު އޮންނަ އިފުރު އެއާޕޯޓް އޮތީ އެ އަތޮޅުގެ އާބާދީގެ ބޮޑު ބަޔަކާ ވަރަށް ދުރުގައި ކަމަށާއި ފައިނުގައި އެއާޕޯޓް އެޅުމުން އެކަމަށް ހައްލެއް އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭރުގެ މިނިސްޓަރ ވަޒީރު ވިދާޅުވީ ގިނަ އެއާޕޯޓުތަކެއް ހަދަން ފަށާއިރު، ތިމާވެއްޓާ ރައްޓެހި ގޮތަކަށް އެކަން ކުރަން ވިސްނަން ޖެހޭ ކަމަށެވެ.
ނަމަވެސް، މި ޕްރޮޖެކްޓާ ދެކޮޅަށް "ސޭވް ފައިނުގެ" ނަމުގައި ބޮޑު ކެމްޕޭނެއް އޭރު ވެސް ކުރިއަށް ދިޔައެވެ. އޭރުގެ ވެރިކަން ނިމިގެން ދިޔައީ މި މަސައްކަތް ނުފެށި އޮއްވައެވެ.

ކިޔުންތެރިންގެ ހިޔާލު