ރައީސް މުހައްމަދު ނަޝީދު | ފޮޓޯ: މަޖިލިސް އިދާރާ
ރައީސް މުހައްމަދު ނަޝީދު | ފޮޓޯ: މަޖިލިސް އިދާރާ
މިހާރުގެ އިދިކޮޅުގެ މައި ޕާޓީ، ޕްރޮގްރަސިވް ޕާޓީ އޮފް ދަ މޯލްޑިވްސް (ޕީޕީއެމް)އިން ކޯޓް މެދުވެރިކޮށް 4 ފަހަރަށް 2013 ވަނަ އަހަރުގެ އިންތިޚާބު ބަދަލުކުރެއްވި ކަމަށާއި އަދި ޖުމުލަ 7 އަހަރު ޕީޕީއެމުން ދިވެހިރާއްޖޭގައި ވެރިކަން ކުރެއްވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިގޮތަށް ވިދާޅުވެފައިވަނީ، މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމާ މިއަދުގެ މަޖިލީހުގައި ސުވާލު ކުރުން ކުރިޔަށް ދަނިކޮށް، ކެޔޮދޫ ދާއިރާގެ މެމްބަރު ހަސަން ގާސިމް ނެންގެވި ނިޒާމީ ނުކުތާއަކަށް ޖަވާބު ދެއްވަމުންނެވެ.

ހަސަން ކުރެއްވި ސުވާލަކީ މީގެ ކުރިން ވެރިކަން ކުރެއްވި ޕާޓީއަކީ ކޮބައިތޯއެވެ؟ އަދި އެކަން ސާފުކޮށްދެއްވުމަށް އެދޭ ކަމަށް މެމްބަރު ވިދާޅުވިއެވެ.

"އަޅުގަނޑުގެ ކުރީގެ ނައިބު ރައީސް، ޕީޕީއެމްގެ ވާގިވެރިކަމާއެކީގައި ސަރުކާރު ބަދަލު ކުރައްވާފައި، ދެ އަހަރު ވެރިކަން ކުރައްވާފައި، ދެން 2013 ވަނަ އަހަރުގެ އިންތިޚާބު 4 ފަހަރަށް ސްޕްރީމް ކޯޓުން ބަދަލު ކުރައްވާފައި ޕީޕީއެމަށް ވެރިކަން ލިބުނީ 3 ޕަސެންޓްގެ ޖާގައިން. ދެން އެ 5 އަހަރު ވެރިކަން ކުރީ ޕީޕީއެމުން." ނަޝީދު ވިދާޅުވިއެވެ.

ގާސިމްގެ ނިޒާމީ ނުކުތާ ނެންގެވީ، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު، ފައިނުގައި ޕީޕީއެމްގެ ވެރިކަމެއްގައި އެއާޕޯޓެއް އަޅުއްވާނެ ކަމަށް ވިދާޅުވުމުން ރައްދުދެއްވުމުގެ ގޮތުންނެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާ ފެށުނު ވަގުތު، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފްގެ ނަން އިއްވައި ތަޅުމުން ނުކުތުމަށް ރައީސް އަމުރުކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން