ފުލުހުން އިޙްތިޖާޖްކުރި މައްސަލައަކާއި، އަނިޔާކުރި މައްސަލައެއް މާދަމާގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.
މަޖިލީހުގެ ދައުރު އަންނަ ހޯމަ ދުވަހު ނިންމާލުމަށް މަސައްކަތް ކުރަމުން އަންނައިރު މާދަމާގެ މަޖިލީހުގެ ޖަލްސާ އެޖެންޑާކޮށްފައިވަނީ މާދަމާ ހަވީރު 4:30 އަށެވެ. މާދަމާގެ ޖަލްސާގެ އެޖެންޑާގައި މަޖިލީހުގެ ކޮމިޓީތަކުން ނިންމާފައިވާ 8 ރިޕޯޓެއް އެޖެންޑާ ކޮށްފައިވާއިރު، އޭގެތެރޭގައި ފުލުހުންނާއި ގުޅުންހުރި 2 ރިޕޯޓެއް ހިމެނެއެވެ.
އެގޮތުން 5 ޖުލައި 2019 ވަނަ ދުވަހު މ. އުޖާލާގެއަށް ފުލުހުންގެ ތެރެއިން ބަޔަކު ވަދެ އެގޭގައި ހުރި މީހަކަށް އަނިޔާކުރި މައްސަލައިގައި، އެކަން ކުރި ފުލުހުންނާމެދު ފިޔަވަޅު އަޅާނެކަމަށް ފުލުހުންގެ އިދާރާއިން ބުނުމުން އެކަމާ ދެކޮޅަށް ފުލުހުންގެ ތެރެއިން ބަޔަކު ނުކިޔަމަންތެރިކަން ދައްކައި އިޙްތިޖާޖުކުރަމުން ދިޔަ މައްސަލައިގައި ކޮމިޓީން މައްސަލަ ނިންމި ގޮތުގެ ރިޕޯޓްވަނީ ތާވަލްކޮށްފައެވެ.
މީގެ އިތުރުން ރ. މީދޫ ހުސްނުހީނާގެ އަހުމަދު އަނީސަށް ފުލުހުން އަނިޔާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލަ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓާއި، 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން ކޮމިޓީން ބަލައިގަތް މައްސަލަތައް ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓްވެސް މާދަމާއަށް އެޖެންޑާ ކޮށްފައިވެއެވެ.
ހަމައެއާއެކު ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާ ބެހޭ ޤާނޫނަށް އިޞްލާޙު ޤެނުއުމުގެ ބިލްގެ ކޮމިޓީ ރިޕޯޓާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އިޞްލާހު ޤެނައުމުގެ ބިލު، ލާމަރުކަޒީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓް ގެ އިތުރުން ކުރީގެ ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ރައްޔިތުންގެ މަޖިލީހަށް ދޮގު މަޢުލޫމާތު ދެއްވިކަމަށް 16 އޮގަސްޓް 2020 ގައި އޮޑިޓަރ ޖެނެރަލް ނެރުއްވި "ކޮވިޑާ-19 އާގުޅޭ ޚަރަދުތަކުގެ ކޮމްޕްލަނަންސް އޮޑިޓް ރިޕޯޓް" ގައި ބަޔާންކޮށްފައިވާތީ، މަޖިލީހުގެ އިމްތިޔާޒާއި ގުޅޭ އެ މައްސަލަ އިމްތިޔާޒާއި ސުލޫކު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓް ވެސް މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފައެވެ.
މީގެ އިތުރުންވެސް އިތުރު ރިޕޯޓްތައް މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވާއިރު، މި ދައުރުގެ އެންމެ ފަހު ޖަލްސާ އޮންނާނީ މި ޑިސެމްބަރ މަހުގެ 7 ވަނަ ދުވަހު ކަމަށް މަޖިލީހުގެ ރިޔާސަތުން ވަނީ އިޢުލާން ކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު