ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ޙަސަން ލަތީފް
ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ޙަސަން ލަތީފް
އުންމީދަކީ އެމްޑީޕީ މެމްބަރުން ވޯޓްދެއްވައިގެން ފުލުހުންގެ ބިލްގެ އިސްލާޙް މިއަދު ފާސްކޮށްދެއްވުން ކަމަށް އެމްޑީޕީގެ ޗެއަރޕަރސަން ޙަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ޙަސަން ލަތީފް މީގެ ކުޑައިރުކޮޅެއް ކުރިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އުންމީދަކީ މިއަދު 10 ޖަހާއިރު އޮންނަ އެމްޑީޕީގެ ޕީޖީ ބައްދަލުވުމުގައި މެމްބަރުން ވަޑައިގެން ފުލުހުންގެ ޚިދުމަތުގެ ބިލަށް މެމްބަރު އީވާ ހުށައަޅުއްވާފައިވާ އިސްލާޙް ފާސްކޮށްދެއްވުން ކަމަށެވެ.



ޙަސަން ލަތީފްގެ ޓްވީޓްގައި ފުލުހުންގެ ޤާނޫނަށް މެމްބަރު އީވާ ހުށައަޅުއްވާފައިވާ އިސްލާޙްގެ މާބޮޑު ތަފްސީލެއް ދެއްވާފައެއް ނުވެއެވެ.

ފުލުހުންގެ ޚިދުމަތުގެ ބިލުގެ ނަމުގައި ސަރުކާރުން މަޖިލިހަށް ހުށަހަޅާފައިވާ ބިލުގައި މަޖިލިހުގެ 241 ކޮމިޓީ ނުވަތަ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއަށް ބޮޑެތި ބާރުތަކެއް ވަނީ ދީފައެވެ. އެގޮތުން ފުލުސް ކޮމިޝަނަރާއި ހޯމް މިނިސްޓަރަށް ކަންކަން އެންގުމުގެ ބާރު ކޮމިޓީއަށް ދީފައި އޮތުމުގެ އިތުރަށް ފުލުހުން ހިންގާފައިވާ، ނުވަތަ ހިންގަމުންދާ ނުވަތަ ހިންގަން ރާވާ އޮޕަރޭޝަންތަކުގެ މަޢުލޫމާތު ހޯދުމުގެ ބާރުވެސް އެ ކޮމިޓީއަށް މިބިލުގައި ލިބިދީފައިވެއެވެ.

ފުލުހުންގެ ބިލުގައި، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ބޮޑެތި ބާރުތަކެއް ދޭން ހިމަނާފައިވާ ބާބުގައި ހުރި ބައެއް ކަންކަމަކީ މަޖިލީހުން ފުލުހުންގެ މުއައްސަސާގެ ހިންގުމަށް ނުފޫޒު ފޯރުވިދާނެ ފަދަ ބަދަލުތަކެއް ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވެސް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބުރާހިމް ޝަރީފް ވެސް ވަނީ ޤައުމީ ސަލާމަތާ ގުޅޭ ޚިދުމަތްދޭ އިދާރާތައް އިންތިޒާމުކޮށް ރާވައި ހިންގުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށް ވިދާޅުވެ ނުސީދާކޮށް އެކަމަށް ފާޑުވިދާޅުވެފައެވެ.

ޝަރީފް ވިދާޅުވީ ބަދަލު ހިފުމުގެ ގޮތުން ފުލުހުންގެ މުއައްސަސާ ސިޔާސީކޮށް، ޤާނޫނަށް ގެންނަ އިސްލާހުތަކަކުން ކޮމިޝަންޑް އޮފިސަރުންތަކެއް މަޤާމުން ވަކިކުރުމަކީ ތާޢީދުކުރައްވާކަމެއް ނޫންކަމަށެވެ. އަދި ބަޔަކު މަސައްކަތްކުރަމުންދަނީ ފުލުހުންގެ އިސް މަޤާމްތަކަށް ވަކި ބަޔަކު ގެންނަންކަމަށް ޝަރީފް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން