ލައިވް ސްޓޮކް އުފުލާ ބޭރުގެ އާގު ބޯޓް (ފޮޓޯ: އެމްއެންޑީއެފް)
ލައިވް ސްޓޮކް އުފުލާ ބޭރުގެ އާގު ބޯޓް (ފޮޓޯ: އެމްއެންޑީއެފް)
ރާއްޖޭގެ ހުޅަނގުން 150 ނޯޓިކަލް މޭލު ބޭރުން ދަތުރު ކުރަމުންދިޔަ ލައިވް ސްޓޮކް އުފުލާ ބޭރުގެ އާގު ބޯޓެއްގައި އޮތް ބަލިމީހަކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ އެހީތެރިކަމާއެކު ލ.ގަމަށް ގެންގޮސްދީފިއެވެ.

އެމްއެންޑީއެފުން ބުނީ "މޭސޯރާ" ނަމަކަށް ކިޔާ މި ކާގޯ ބޯޓްގައި ހުރި އުމުރުން 40 އަހަރުގެ ފިލިޕީންސް ފިރިހެން ފަޅުވެރިއެއްގެ ބޮލަށް ގެއްލުން ލިބިގެން ސިއްޙީ އަވަސް ފަރުވާއަށް އެދި އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) ގެ އެހީތެރިކަމަށް އެދިފައިވަނީ އިއްޔެ ހަވީރު 17:30 ހާއިރު ކަމަށެވެ.



މި ބޯޓަކީ ތުރުކީއިން ފުރައިގެން އޮސްޓްރޭލިއާއަށް ދަތުރުކުރަމުންދިޔަ ބޯޓެކެވެ. މި ރިޕޯޓް ލިބުމާ ގުޅިގެން ރާއްޖޭގެ ކަމާބެހޭ އިދާރާތަކުގެ ހުއްދައާއެކު މިބޯޓް މިއަދު ލ.ގަމު ހުޅަނގު ދެކުނުން 30 ނޯޓިކަލް މޭލަށް، ކައިރި ކުރުމުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު މި ބަލިމީހާ މިއަދު ހެނދުނު 08:30 ހާއިރު ވަނީ ލ. ގަމަށް ގެންގޮސްދީފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

މި މީހާއަށް މިހާރު ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދާ ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދެއްވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން