ޕީއެންސީގެ ލީޑަރ އަބްދުއްރަހީމް ޢަބްދުﷲ (މ)
ޕީއެންސީގެ ލީޑަރ އަބްދުއްރަހީމް ޢަބްދުﷲ (މ)
ރައީސް ޔާމީނުގެ މައްޗަށް މަތިމައްޗަށް ދަޢުވާ އުފުލިޔަސް އެމަނިކުފާނު ނުފިއްލަވާނެ ކަމަށް ޕީއެންސީގެ ލީޑަރ އަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއެއްގެ އަޑުއެހުން މިއަދު މެންދުރުފަހު 14:00 ގައި ބޭއްވުމަށް ކްރިމިނަލް ކޯޓުގައި ވަނީ ތާވަލްކޮށްފައެވެ. ރައީސް ޔާމީންގެ މައްޗަށް މި މައްސަލައިގައި ކުރަނީ ރިޝްވަތު ޤަބޫލުކުރެއްވުމުގެ ދައުވާ އާއި މަނީލޯންޑްރިންގެ ކުށުގެ ދައުވާއެވެ.

އެކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި އަދުރޭ ވިދާޅުވީ، ރައީސް ޔާމީނަށް މަތިމައްޗަށް ދަޢުވާ އުފުލިޔަސް މި އަނިޔާވެރި ސަރުކާރުގެ ކުރިމަތީ ކުޑަކަކޫ މައްޗަށް ތިރިވެ ޑީލެއް ނުހައްދަވާނެ ކަމަށެވެ.

"ދީނާ ގައުމުގެ ޙައްގުގައި ވަކާލާތު ކުރެއްވުން ހުއްޓައެއް ނުލައްވާނެ. ފިލާވަޑައެއް ނުގަންނަވާނެ." އަދުރޭ ވިދާޅުވިއެވެ.



ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން ޕީޖީން ދައުވާކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށާއި، ކ. މާލެ، މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޟާގެ މައްޗަށާއި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށެވެ.

ޕީޖީ އޮފީހުން ބުނި ގޮތުގައި، މި މައްސަލާގެ ތެރެއިން ކުށުގައި ހިމެނޭ ފައިސާގެ ގޮތުގައި 1،349،885 ޑޮލަރާއި ކުށުގެ އަމަލުން ހޯދި ފައިސާއާ އެއްކޮށްފައިވާ 2،295،250 ޑޮލަރާއި ޖޫރިމަނާގެ ގޮތުގައި 34،689،425 ޑޮލަރު ދައުލަތަށް އަނބުރާ ހޯދުމަށް މަސައްކަތް ކުރާނެ އެވެ.

މި މައްސަލާގައި މީގެ ކުރިން ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި ރައީސް ޔާމީން ވަނީ އެމަނިކުފާނަށް މައްސަލައަށް ތައްޔާރުވުމަށް އެކަށީގެންވާ ފުރުސަތު ކަރެކްޝަންސް ސަރވިސް އިން ފަހިކޮށްނުދޭކަމަށް ބުނެ ޝަކުވާ ކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


5

ޙަސަން ޝާކިރު

07-Dec-2020

ކާކުތަ ޔާމީން ފިލާފާނެތީ އުޅެނީ? އެންމެން މިއުޅެނީ ޔާމީނު ދައލަތުގެ މާލިއްޔާ ދަވާލައިގެން އެފައިސާ ހޯދަން. އެއީ ރައްޔިތުންގެ ފައިސާވީމަ.



ޓްރެންޑިން