ކުޜީގެ ހެލްތު މިނިސްޓަރ އަބދުﷲ އަމީން މަޖިލީހުގައި ވާހަކަދައްކަވަނީ
ކުޜީގެ ހެލްތު މިނިސްޓަރ އަބދުﷲ އަމީން މަޖިލީހުގައި ވާހަކަދައްކަވަނީ
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އެގްޒެކިއުޓާސްް ޖެނެރަލް ޓްރޭޑިން ނަަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެން ވެންޓިލޭޓަރުތަކެއް ގެންނަން ކުރި މަސައްކަތާ ބެހޭ ގޮތުން ކުރީގެ ހެލްތު މިނިސްޓަރު އަބްދުުﷲ އަމީން ރައްޔިތުންގެ މަޖިލީހަށް ގަސްދުގައި އޮޅުވާލައްވާފައިވާ ކަމަށް މަޖިލީހުގެ އިމްތިޔާޒް އަދި ސުލޫކް ކޮމިޓީން މިއަދު ނިންމައިފި އެވެެ.

މިއަދު ހަވީރަށް ތާވަލުކޮށްފައިވާ މަޖިލީހުގެ ޖަލްސާގައި ބަހުސްކުރަން އެެޖެންޑާކޮށްފައިވާ އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ކޮމިޓީއަށް ލިބިފައިވާ ލިޔެކިއުންތަކަށް ރިއާޔަތްކޮށް ކޮމިޓީން އަމީނާ ކުރި ސުވާލުތަކަށް ޖަވާބު ދެއްވުމުގައި އޭނާ ވަނީ އިތުރުފުޅު ހައްދަވާފަ އެވެ. އެކަމަކު ކޮމިޓީގެ ބައްދަލުވުމަށް ވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން ރިޕޯޓް ފާސްކުރީ އަމީން މަގާމުން އިސްތިއުފާދެއްވިތާ އެތައް ދުވަހެއް ފަހުން މިދިޔަ މަހުގެ 25 ގައެވެ.

ރިޕޯޓްގައި ބުނެފައިވާ ގޮތުގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމުގައި އިތުރުފުޅު ހެއްދެވުމަކީ މެމްބަރުންގެ އިމްތިޔާޒަށް އައި އުނިކަމެކެވެ.

މި މ،ައްސަލަ ބަލާފައިވަނީ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެދިވަޑައިގަތުމަކަށެވެ.

މައްސަލަަ ކޮމިޓީއަށް ފޮނުއްވަމުން އެމަނިކުފާނު ވިދާޅުވީ ވެންޓިލޭޓަރު ގެންނަން އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރީ ޑަބްލިއުއެޗްއޯގެ ކަންޓްރީ އޮފީސް މެދުވެރިކޮށް މައުލޫމާތު ހޯދައިގެން ކަމަށް ވިޔަސް އެގޮތަށް ކަންތައް ނުހިނގާ ކަމަށް އޮޑިޓް ރިޕޯޓުން އެނގޭ ކަމަށެވެ. އޮޑިޓް ރިޕޯޓްގައި އެކަމާ ބެހޭ ގޮތުން އޮތް ބަޔަށް އެދުވަހުގެ ޖަލްސާގައި ހަވާލާ ވެސް ދެއްވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ އަމީން މަޖިލީހުގައި ދެއްކެވި ވާހަކަތަކާއި އޮޑިޓަ ޖެނެރަލްގެ ރިޕޯޓާއި މަޖިލީހަށް ވަޑައިގެން އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ދެއްކެވި ވާހަކަތައް އެކުވީމާ އަމީން މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށް ފެނިވަޑައިގަންނަވާ ކަމަށެވެ.

"މި ބާވަތުގެ ކަންކަމަކީ މަޖިލީހުގެ އިމްތިޔާޒް ކޮމިޓީން ބައްލަވަން ޖެހޭ ކަންތައްތައް،" ނަޝީދު ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން