ފުލުހުންގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވަކިކުރެވޭގޮތަށް ފުލުހުންގެ ޤާނޫނަށް ބަދަލު ގެނައުމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ފާސްކޮށްފިއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލަށް އެމްޑީޕީން ގެންނަން ބޭނުންވާ އިސްލާހުތަކާމެދު މިއަދު 10:00 ގައި އޮތް ޕީޖީ ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށް ގޮތްތަކެއް ނިންމާފައެވެ. އެގޮތުން ފުލުހުންގެ އިސް މަޤާމުތަކަށް އަލުން ބޭފުޅުން އައްޔަން ކުރުމަށް ގަލޮޅު އުތުރުދާއިރާގެ މެމްބަރު އީވާ ޢަބްދުﷲ ހުށައެޅުއްވި އިސްލާޙް ފާސްވީ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމެޓީން ދިވެހިންގެ ފުލުހުންގެ ހިދުމަތުގެ ބިލު ނިންމައި މިހާރު ވަނީ މަޖިލީހުގެ ތަޅުމަށް ފޮނުވައިފައެވެ. އެހެންކަމުން ދެން ބިލަށް އިސްލާހެއް ގެނެވޭނީ، މަޖިލީހުގެ ތަޅުމުންނެވެ. މިއަދު ބޭއްވި އެމްޑީޕީގެ ޕީޖީ ބައްދަލުވުމަކީ އެބިލަށް އެމްޑީޕީން ހުށައަޅާ އިސްލާޙްތަކާމެދު ގޮތެއް ނިންމުމަށް ބޭއްވި ބައްދަލުވުމެއްކަމަށް އެމްޑީޕީގެ ޗެއަރޕަރސަން ޙަސަން ލަތީފް ވަނީ ވިދާޅުވެފައެވެ.
އަލަށް ފާސްކުރަން މަސައްކަތްކުރާ ފުލުހުންގެ ޚިދުމަތުގެ ބިލުން ފުލުހުންނަށް ގިނަ ޙައްޤުތަކެއް ހަނިވެގެން ދާއިރު އޭގެ ތެރޭގައި ޚިޔާލުފާޅުކުރުމުގެ ޙައްޤާއި، އިޙްތިޖާޖްކުރުމުގެ ގޮތުން މަސައްކަތް ހުއްޓާލުމުގެ ޙައްޤުގެ އިތުރުން އެއްވެ އުޅުމުގެ މިނިވަންކަމުގެ ޙައްޤު ހިމެނެއެވެ.
ފުލުހުންގެ ޚިދުމަތުގެ ބިލުގެ ނަމުގައި ސަރުކާރުން މަޖިލިހަށް ހުށަހަޅާފައިވާ ބިލުގައި މަޖިލިހުގެ 241 ކޮމިޓީ ނުވަތަ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއަށް ބޮޑެތި ބާރުތަކެއް ވަނީ ދީފައެވެ. އެގޮތުން ފުލުސް ކޮމިޝަނަރާއި ހޯމް މިނިސްޓަރަށް ކަންކަން އެންގުމުގެ ބާރު ކޮމިޓީއަށް ދީފައި އޮތުމުގެ އިތުރަށް ފުލުހުން ހިންގާފައިވާ، ނުވަތަ ހިންގަމުންދާ ނުވަތަ ހިންގަން ރާވާ އޮޕަރޭޝަންތަކުގެ މަޢުލޫމާތު ހޯދުމުގެ ބާރުވެސް އެ ކޮމިޓީއަށް މިބިލުގައި ލިބިދީފައިވެއެވެ.
ފުލުހުންގެ ބިލުގައި، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ބޮޑެތި ބާރުތަކެއް ދޭން ހިމަނާފައިވާ ބާބުގައި ހުރި ބައެއް ކަންކަމަކީ މަޖިލީހުން ފުލުހުންގެ މުއައްސަސާގެ ހިންގުމަށް ނުފޫޒު ފޯރުވިދާނެ ފަދަ ބަދަލުތަކެއް ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވެސް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބުރާހިމް ޝަރީފް ވެސް ވަނީ ޤައުމީ ސަލާމަތާ ގުޅޭ ޚިދުމަތްދޭ އިދާރާތައް އިންތިޒާމުކޮށް ރާވައި ހިންގުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށް ވިދާޅުވެ ނުސީދާކޮށް އެކަމަށް ފާޑުވިދާޅުވެފައެވެ.
ޝަރީފް ވިދާޅުވީ ބަދަލު ހިފުމުގެ ގޮތުން ފުލުހުންގެ މުއައްސަސާ ސިޔާސީކޮށް، ޤާނޫނަށް ގެންނަ އިސްލާހުތަކަކުން ކޮމިޝަންޑް އޮފިސަރުންތަކެއް މަޤާމުން ވަކިކުރުމަކީ ތާޢީދުކުރައްވާކަމެއް ނޫންކަމަށެވެ. އަދި ބަޔަކު މަސައްކަތްކުރަމުންދަނީ ފުލުހުންގެ އިސް މަޤާމްތަކަށް ވަކި ބަޔަކު ގެންނަންކަމަށް ޝަރީފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު