މޯލްޑިވް ގޭހުން ގޭސް ގަންނަނީ މާކެޓް ރޭޓަށް ވުރެ ބޮޑުކޮށް ކަމަށާއި ކުންފުނި ހިންގުމުގައި ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށް މަޖިލީހުގެ އެސްއޯއީ ކޮމެޓީގެ ރިޕޯޓަކުން ދައްކާތީ މޯލްޑިވް ގޭހުގެ މައްސަލަ ގިނަ ވެގެން ދެ މަސް ދުވަހުގެ ތެރޭގައި ބަލައި، މައްސަލަ ނިންމި ގޮތުގެ ރިޕޯޓު ފޮނުވަން އޭސީސީގައި އެދުމަށް ކޮމިޓީން ނިންމައިފަ އެވެ.
މިދިޔަ އަންގާރަ ދުވަހު ބޭއްވި އެސްއޯއީ ކޮމިޓީގައި ވަނީ މޯލްޑިވް ގޭހުގެ މައްސަލަ ގިނަ ވެގެން ދެ މަސް ދުވަހުގެ ތެރޭގައި ބަލައި، މައްސަލަ ނިންމި ގޮތުގެ ރިޕޯޓު ފޮނުވަން އޭސީސީގައި އެދުމަށް ނިންމައިފަ އެވެ. މި މައްސަލަ އެސްއޯއީ ކޮމިޓީން ބަލާތާ ވެސް މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ.
އެ ރިޕޯޓްގައި ވާ ގޮތުން މައްސަލަ ދިރާސާ ކުރުމުގައި މައިގަނޑު ހަތަރު ކަމެއް ކޮމިޓީން ފާހަގަކޮށްފައިވެ އެވެ. އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ކުންފުނިން ވިއްކަން ގެންނަ ގޭހުގެ އަގު ބޮޑުވުމެވެ. ރިޕޯޓްގައިވާ ގޮތުން ކޮންމެ ޝިޕްމެންޓަކުން އެވްރެޖްކޮށް 45 ޕަސެންޓާއި 60 ޕަސެންޓް ގޭސް، ޑެލިވަރީ ކުރުމަށް ޕްރިމިއަމްގެ ގޮތުގައި ވަނީ ހިމަނައިފަ އެވެ. އަދި 2016 އާއި 2017 ވަނަ އަހަރު މާކެޓުގައި ގޭހުގެ އަގު ދަށްވި ނަމަވެސް މޯލްޑިވް ގޭހުން ގޭސް ގަންނަ އަގު 65 ޕަސެންޓާއި 99 ޕަސެންޓާއި ދެމެދުގެ އަދަދަކަށް ބޮޑުކޮށްފައިވާ ކަން ފާހަގަކޮށްފައި ވެ އެވެ. މީގެއިތުރުން 2016 އިން 2018 އަށް ގޭހުގެ ޕްރިމިއަމް އަގު ކޮންމެ ޓަނަކަށް 250 އާއި 285 ޑޮލަރާއި ދެމެދުގައި ހުރިއިރު، މޯލްޑިވް ގޭހަށް ގޭސް ފޮނުވައިދޭ ކުންފުނިން ގޭސް ގަތުން ހުއްޓާލިފަހުން ކޮންމެ ޝިޕްމަންޓަކުން 157 ޑޮލަރު އަގު ހެޔޮވެފައިވާކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ.
ކޮމިޓީން ވަނީ ގޭސް ރައްކާކުރުމުގެ ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތް ވީ އެންމެ އަވަހަށް ފެށުމަށް އެ ކުންފުނީގައި އެދިފަ އެވެ. އަދި ގޭހުގެ އަގު ކުޑަކުރުމަށް ކުރަން ޖެހޭ ކަންކަން ކުރަން ވެސް އެދިފައިވެ އެވެ.
ކޮމިޓީގެ ނިންމުމުގައިވާ ގޮތުން ކޮރަޕްޝަންގެ މައްސަލައެއްގެ ތުހުމަތާ އެކު ސަސްޕެންޑްކުރި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމް އެ ކުންފުނީގެ މަސައްކަތްތައް ބެލެހެއްޓުމުގައި ވަނީ އިހުމާލުވެފަ އެވެ. ކުންފުނީގެ ހިންގުން ހަރުދަނާ ކުރުމަށް އެހެން މެނޭޖިން ޑިރެކްޓަރަކު އެ ކުންފުންޏަށް ނެގުމުގައި ސަރުކާރާ އެކު މަސައްކަތް ކުރަން ވެސް ވަނީ ލަފާދީފަ އެވެ.
މޯލްޑިވް ގޭހުގެ ކޮންމެ ޝިޕްމަންޓަކަށް 2017 ވަނަ އަހަރުން ފެށިގެން އެވްރެޖުކޮށް 130،000 ޑޮލަރު އިތުރަށް ޚަރަދުކޮށްފައިވާކަން ވެސް ކޮމިޓީން ފާހަގަކުރި އެވެ. އަދި އެއީ ބޮޑު އަދަދެއްކަން ވެސް ރިޕޯޓްގައިވެ އެވެ.
ކޮންމެ ދެ މަހަކުން ގޭހުގެ 1،000 ޓަނު މޯލްޑިވް ގޭހުން ގެނެ އެވެ. ގޭސް ގެންނަން ޝިޕިން އަށް ބޮޑު އަދަދެއް ދައްކަން ޖެހެނީ އާންމުކޮށް އެންމެ ކުދި ބޯޓުފަހަރުގެ ކެޕޭސިޓީ ވެސް 2،000 ޓަނުގައި އުޅޭތީ ކަމަށް އެ ކުންފުނިން ފާހަގަކުރާ ކަމަށް ރިޕޯޓްގައި ވެ އެވެ.

ކިޔުންތެރިންގެ ހިޔާލު