ކުރީގެ ރައީސް ޔާމީން | ފޮޓޯ: ނުޒުހާ
ކުރީގެ ރައީސް ޔާމީން | ފޮޓޯ: ނުޒުހާ
ކުރީގެ ރަައީސް ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކޮރަޕްޝަންގެ އިތުރު ދެ ދައުވާއެއް އުފުލާފައިވާ މައްސަލައިގެ އަޑުއެހުމަށް ކޯޓަށް ހާޒިރުކުރުމަށް އެމަނިކުފާނު މިއަދު މާލެ ގެނެސްފިއެވެ.

ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރ ކުރުމުގެ ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އެވެ.

މި ދެ ދައުވާ އުފުލާފައިވަނީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެންނެވެ.

ޕީޖީ އޮފީހުން ބުނީ، ރައީސް ޔާމީން ވަނީ ނުފޫޒު ބޭނުންކޮށްގެން މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަގުތެ ގޮތުގައި 1،117،000 ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާކުރުމަށްޓަކައި ފަށަލަކޮށްފަ ކަމަށެވެ.

މި މައްސަލައަކީ ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން އަދި ކޮރަޕްޝަންތައް ބަލާ ރިޔާސީ ކޮމިޝަން ގުޅިގެން ހިންގާފައިވާ ތަހުގީގެވެ. މި ދައުވާތައް މިހާރު ވަނީ ކުރިމިނަލް ކޯޓަށް ފޮނުވާފަ އެވެ. ފަސް ދުވަހުގެ ތެރޭގައި ޝަރީއަތުގެ އިބްތިދާއީ މަރުހަލާ ފެށިގެންދާނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން