ހަތަރު މަރަކަށް އިންސާފުލިބުން ލަސްވާތީ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު މަޖިލީހަށް މައްސަލައެއް ހުށަހަޅުއްވައިފިއެވެ.
މިއަދު ހަވީރު 16:30 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާ މި މައްސަލާގައި މެމްބަރު އާދަމް ޝަރީފް ހުށައަޅުއްވާފައި ވަނީ ރައީސް ޔާމީން ހިމެނޭ ގޮތުން ދިވެހި ރައްޔިތުންނަށް އިންސާފު ލިބުން ލަސްވެފައިވާތީ އެކަމަށް ޙައްލެއް ހޯދުމަށެވެ.
އެގޮތުން އަދުލުއިންސާފު ގާއިމްކުރުމަކީ މާތްވެގެންވާ އިސްލާމްދީނާއި ރާއްޖޭގެ ގާނޫނު އަސާސީން އިންތިހާއަށް ބާރުއަޅާ ކަމަކަށްވެފައި އަދުލުއިންސާފު ގާއިމްކޮށް، ހައްގުތައް ރައްކާތެރިކޮށްދިނުމަކީ ދައުލަތަށް ލާޒިމްކުރާ އަދި ޑިމޮކްރަޓިކް ވެރިކަމެއްގެ އެންމެ މުހިންމު އުންސުރު ކަމުގައި ގަބޫލުކުރަށްވާތީއާއި އިންސާފު ލަސްވުމަކީ އިންސާފު ނުލިބުން ކަމުގައި ގިނަ މުފައްކިރުން ދެކޭ ކަމަށް އެ މައްސަލާގައިވެއެވެ.
އެހެންކަމުން އަނިޔާވެރި ގޮތެއްގައި މަރާލާފައިވާ ރ. މީދޫ ފެންފިޔާޒުގެ މުހައްމަދު އަނަސް އާއި ޑރ. އަފްރާޝީމް އަލީ އަދި ޔާމީން ރަޝީދު އާއި ގެއްލުވާލާފައިވާ ރިލްވާން އަބްދުﷲގެ މަރުގެ މައްސަލަފަދަ އެތައް މައްސަލައަަކަށް އިންސާފު ނުލިބި ލަސްވަމުންދާ ކަމަށް އެ މައްސަލާގައި ވެއެވެ.
އަދި އެ ޢާއިލާތަކަށް އިންސާފު ލިބޭނެކަމުގެ ޔަގީންކަމެއްވެސް ނެތި އެތައް އާއިލާތަކެއް މާޔޫސްވެ، އުންމީދު ގެއްލި އެ އާއިލާތަކުގެ ހައްގުތައް ގެއްލެމުންދާތީ އެކަމަށް އަވަސް ހައްލެއް ހޯދައިދީ ރާއްޖޭގެ ތަހުގީގު ކުރުމާއި ޝަރުޢީ ނިޒާމުގެ ތެރެއިން ނުފޫޒު ފޯރުވުމެއްނެތި އިންސާފު ލިބޭނެ ކަމުގެ އިތުބާރު ރައްޔިތުންނަށް ހޯދައިދިނުމަކީ މި މައްސަލަ ހުށަހެޅުމުގެ ބޭނުން ކަމަށް މެމްބަރު ވަނީ ފާހަގަކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު