އިންސާފުލިބުން ލަސްވާތީ މައްސަލަތައް އަވަސްކުރުމަށް ސަރުކާރަށް ގޮވާލައި، އިދިކޮޅު ކޯލިޝަނުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެ މައްސަލަ ހުށައެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ޢުމަރެވެ. އެ މައްސަލާގައި ބަހުސްކުރަން ފެނޭތޯ ބެލުމަށް ނެގުނު ވޯޓުގައި، ބަހުސް ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 16 މެންބަރުންނެވެ. މައްސަލަ ބަލައިގަނެ، ބަހުސްކުރަން ނުފެންނަ ކަމަށް 36 މެންބަރުން ވޯޓު ދެއްވި އިރު، ވަކި ކޮޅަކަށް ވޯޓު ނުދެއްވާ ތިން މެންބަރަކު ތިއްބެވި އެވެ.
އިދިކޮޅު ކޯލިޝަނުން ހުށައެޅި މައްސަލާގައި ވަނީ، އަދުލުއިންސާފު ގާއިމްކުރުމަކީ މާތްވެގެންވާ އިސްލާމްދީނާއި ރާއްޖޭގެ ގާނޫނު އަސާސީން އިންތިހާއަށް ބާރުއަޅާ ކަމަކަށްވެފައި އަދުލުއިންސާފު ގާއިމްކޮށް، ހައްގުތައް ރައްކާތެރިކޮށްދިނުމަކީ ދައުލަތަށް ލާޒިމްކުރާ އަދި ޑިމޮކްރަޓިކް ވެރިކަމެއްގެ އެންމެ މުހިންމު އުންސުރު ކަމުގައި ގަބޫލުކުރަށްވާތީއާއި އިންސާފު ލަސްވުމަކީ އިންސާފު ނުލިބުން ކަމުގައި ގިނަ މުފައްކިރުން ދެކޭ ކަމަށެވެ.
އެހެންކަމުން ނުހައްގުން ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި، އަނިޔާވެރި ގޮތެއްގައި މަރާލާފައިވާ ރ. މީދޫ ފެންފިޔާޒުގެ މުހައްމަދު އަނަސް އާއި ޑރ. އަފްރާޝީމް އަލީ އަދި ޔާމީން ރަޝީދާއި ގެއްލުވާލާފައިވާ ރިލްވާން އަބްދުﷲގެ މަރުގެ މައްސަލަފަދަ އެތައް މައްސަލައަަކަށް އިންސާފު ނުލިބި ލަސްވަމުންދާ ކަމަށް އެ މައްސަލާގައި ވެއެވެ.
އަދި އެ ޢާއިލާތަކަށް އިންސާފު ލިބޭނެކަމުގެ ޔަގީންކަމެއްވެސް ނެތި އެތައް އާއިލާތަކެއް މާޔޫސްވެ، އުންމީދު ގެއްލި އެ އާއިލާތަކުގެ ހައްގުތައް ގެއްލެމުންދާތީ އެކަމަށް އަވަސް ހައްލެއް ހޯދައިދީ ރާއްޖޭގެ ތަހުގީގު ކުރުމާއި ޝަރުޢީ ނިޒާމުގެ ތެރެއިން ނުފޫޒު ފޯރުވުމެއްނެތި އިންސާފު ލިބޭނެ ކަމުގެ އިތުބާރު ރައްޔިތުންނަށް ހޯދައިދިނުމަކީ މި މައްސަލަ ހުށަހެޅުމުގެ ބޭނުން ކަމަށް މައްސަލާގައި ފާހަގަކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު