ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ޔޫއޭއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށްގެން 75 ވެެންޓިލޭޓަރު ގެންނަން ކުރި މަސައްކަތާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހަށް ދޮގު މައުލޫމާތު ދެއްވައި އޮޅުވައިލެއްވި ކަމަށް މަޖިލީހުން ފާސްކޮށް ކުރީގެ ހެލްތު މިނިސްޓަރ އަމީންގެ މައްޗަށް ދައުވާކުރަން އެދި ޕީޖީއަށް ފޮނުވަަން ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒް އަދި ސުލޫކީ ކޮމިޓީއަށް ހާޒިރުވެ، ވެންޓިލޭޓަރުތަކުގެ މައްސަލައިގައި އަމީން ދެއްކެވި ވާހަކަތަކާއި އެކަމާ ބެހޭ ގޮތުން އޮޑިޓާ ޖެނެރަލް ނެރުއްވި ރިޕޯޓާ ތަފާތުވާތީ، އެއީ މަޖިލީހަށް އޮޅުވައިލުން ކަމަށް ކޮމިޓީގެ ރިޕޯޓްގައި ބުނެފައި ވެއެވެ.

އިއްޔެ ހަވީރުން ފަށައިގެން ރޭ ވަރަށް ދަންވަންދެން ކުރިއަށްދިޔަ މަޖިލީހުގެ ޖަލްސާގައި އެ ރިޕޯޓް ފާސްކުރީ ވޯޓުގައި ބައިވެރިވެވަަޑައިގެންނެވި 57 މެމްބަރުންގެ އިއްތިފާގުންނެވެ.

މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތީމަ ޕީޖީން ދައުވާއުފުލަން ވާނެ ކަމަށެވެ.

"އަޅުގަނޑުގެ ނުކުތާއަކީ އެހެން މައްސަލަތަކުގައި އަޅުގަނޑުމެންނަށް އަޅައިނުލެވުނު ކަމުގައި ވީ ނަަމަވެސް، މަޖިލީހުގެ އިމްތިޔާޒަށް އަރަައިގަތީމާ މިތަނުން އެކަން ނިންމީމާ ޕްރޮސެކިއުޓާ ޖެނެރަލް ދައުވާ ކޮށްދެއްވަން ޖެހޭނެ. އެއަކު ދެން އިތުރު ބަހަނާއެއް ނެތް. ޕްރޮސެކިއުޓަ ޖެނެރަލް ފަހަތަށް އެބަ ޖެހިވަޑައިގަންނަވާ ވައްކަމުގައި ދައުވާ ކުރުމަށް، ބައެއް ބޭފުޅުންގެ މައްޗަށް،" ނަޝީދު ވިދާޅުވި އެވެ.

އެކަމަކު، އިމްތިޔާޒް ކޮމިޓީގެ ރިޕޯޓުގެ ބަހުސްގައި ބައެއް މެމްބަރުން ވިދާޅުވީ ރާއްޖޭގައި އެކަހަލަ ގިނަ މައްސަލަތަކަށް ފިޔަވަޅު ނޭޅޭ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން