ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
ުކަމަށް އިދިކޮޅު ކޯލިޝަންގެ މަޖިލިސް މެންބަރުން ވިދާޅުވެއްޖެއެވެ.

މި ބިލުގެ ބަހުސްގެ ވަގުތުގައި ރޭ ވާހަކަ ދައްކަވަމުން މާވަށު ދާއިރާގެ އިދިކޮޅު މެންބަރު މުހައްމަދު ސަޢީދު ވިދާޅުވީ ފުލުހުންގެ ބިލަށް ގެނައި އިސްލާހަކީ ބަދަލު ހިފުމެއް ކަމަށާއި މި ބިލުގެ ބޭނުމަކީ ބަޣާވާތޭ ކިޔައިގެން ހަސަދަ ފިލުވާލުން ކަމަށެވެ.

ބިލަށް ވާހަކަ ދައްކަވަމުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ މި ރާއްޖޭގައި ބަޣާވާތެއް ކުރި ކަމަށް އެމްޑީޕީގެ މެމްބަރުން ވިދާޅުވި ނަމަވެސް، މި ރާއްޖޭގައި ބަޣާވާތެއް ކުރިކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ޝިޔާމް ވިދާޅުވީ، އެ ބިލުން ފެންނަނީ ބަދަލު ހިފުމުގެ ރޫހު ކަމަށެވެ. މި ބިލުގެ ބޭނުމަކީ 2012 ވަނަ އަހަރު ހިނގި ކަމަށް ބުނާ ބަޣާވާތުގެ ބަދަލު ހިފުން ކަމަށާއި ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކަށް ޒާތީ ހަސަދަ ފިލުވުމަކީ ކުރަން ހެޔޮ ވާވަރުގެ ކަމެއް ނޫން ކަމަށެވެ.

ޝިޔާމް ތަކުރާރުކޮށް ވިދާޅުވީ، އެއީ ބަޣާވާތެއް ނޫން ކަމަށާއި އެއީ ބަޣާވާތެއް ކަމަށް ވިދާޅުވަނީ އެމްޑީޕީގެ މެމްބަރުންނާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެކަނި ކަމަށެވެ.

ފުލުހުންގެ ސުޕްރިންޓެންޑެންޓް ރޭންކަށް ވުރެ މަތީ ރޭންކްތަކުގެ އޮފިސަރުންގެ ތެރެއިން ކަމިޝަނާ އޮފް ޕޮލިސް ފިޔަވާ އެހެން އޮފިސަރުން އަލުން އައްޔަން ކުރަން ޖެހޭ ގޮތަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ހުށަހެޅުއްވި އިސްލާހާ އެކު ފުލުހުންގެ ހިދުމަތުގެ ބިލު ރޭ ވަނީ ފާސްކޮށްފައެވެ.

ސަރުކާރުގެ ފަރާތުން ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން ލަތީފް ހުށަހެޅުއްވި ފުލުހުންގެ ހިދުމަތުގެ ބިލަށް އީވާ ރޭ ހުށަހެޅުއްވި ދެ އިސްލާހު ވެސް ފާސް ކުރި އެވެ. އެއް އިސްލާހަކީ ފުލުހުންގެ ކަންތައްތަކުގައި ގޮތް ކަނޑައަޅަން ބިލުގައި ބުނެފައިވާ ބޯޑު އެ ބިލް ގާނޫނަކަށް ވެ އަމަލުކުރަން ފަށާތާ 14 ދުވަހުގެ ތެރޭގައި އެކުލަވައިލަން ޖެހޭ ގޮތަށް ބިލަށް އަކުރެއް އިތުރުކުރުމެވެ. އެ އިސްލާހު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 59 މެމްބަރުންގެ އިއްތިފާގުންނެވެ.

އީވާ ހުށަހެޅުއްވި އަނެއް އިސްލާހަކީ ފުލުހުންގެ މަތީ ރޭންކްތަކަށް އަލުން ބޭފުޅުން އައްޔަން ކުރަން ބޯޑަށް ޖާގަ ލިބޭ ގޮތަށް އަކުރުތަކެއް އިތުރުކުރުމެވެ. ފުލުހުންގެ ރޭންކާއި ގްރޭޑް ބަޔާންކުރާ، އެ ބިލުގެ 13 ވަނަ މާއްދާއަށް ތިން އަކުރެެއް އިތުރުކުރި އެވެ. އެގޮތުން އެ މާއްދާއަށް އޭނާ އިތުރު ކުރެއްވި ފުރަތަމަ އަކުރުގައި ބުނެފައި އޮތީ ބިލު ގާނޫނަކަށް ވެ އަމަލުކުރަން ފެށުމާ އެކު ފުލުހުންގެ ބޯޑުން އެ ރޭންކްތަކަށް އަލުން ބޭފުޅުން އައްޔަން ކުރަންވާނެ ކަމަށެވެ. އެކަމަކު އެ މަރުހަލާ ނިމެންދެން، މިހާރު ތިއްބެވި ބޭފުޅުންގެ މަގާމު ދެމިއޮންނާނެ އެވެ.

ދެން ހުރި އަކުރުތަކުގައި ކަނޑައަޅާފައި އޮތީ އޮފިސަރުން އަލުން އައްޔަންކުރުމުގައި ބަލަން ޖެހޭނެ ކަންތައްތަކެވެ. އެގޮތުން ބަލަން ޖެހޭނެ ކަންތައްތަކުގެ ތެރޭގައި ތައުލީމީ ފެންވަރާއި ފުލުހުންގެ ތެރޭގައި އަދާކުރާ ދައުރާއި ހިދުމަތާއި ސުލޫކު އަދި މަސައްކަތުގެ އަހުލާގު ހިމެނެ އެވެ. އެކަންކަމާ ބެހޭ ގޮތުން ލަފާހޯދަން ޖެހޭނީ އިސްލާހުގައި ބުނެފައިވާ ގޮތުގައި ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިންނެވެ.

އޮފިސަަރުން އަލުން އައްޔަން ކުރުމަށް ޓަކައި އެންއައިސީން ދޭ ލަފާގައި ހިމަނަން ޖެހޭނެ ތަފްސީލްތައް ވެސް އިސްލާހުގައި ވެ އެވެ.

ފުލުހުންގެ މަތީ އޮފިސަަރުން އަލުން އައްޔަން ކުރުމަށް ޓަކައި އެ އޮފިސަރުންނާ ބެހޭ ގޮތުން އެންއައިސީން ދޭ ލަފާގައި ގިނަ ތަފްސީލުތަކެއް ހިމަަނަން ލާޒިމުކޮށްފައި ވާއިރު އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ އެ އޮފިސަރަކާ ގުޅޭ ގޮތުން ހުށަހެޅިފައިވާ ޝަކުވާގެ އަދަދާއި ބާވަތެވެ. އެގޮތުންް ކޮރަޕްޝަނާއި އަނިޔާވެރި ލާއިންސާނީ އަމަލެއް ހިންގިކަމުގެ ޝަކުވާއެއް އެ އޮފިސަރަކާ މެދު އޮތްތޯ ވެސް ބަލަން އިސްލާހުގައި ބުނެފައި ވެ އެވެ.

ސުލޫކީ މައްސަލައެއް ސާބިތުވެފައިވާކަން ނުވަތަ ނޫންކަމާއި އާމްދަނީ އާއި އަރަންޏާއި ދަރަނީގެ ތަފްސީލު ވެސް އޭގެ ތެރޭގައި ހިމެެނެ އެވެ.

އޮފިސަރުން ފުލުހުންގެ ހިދުމަތުގައި ހޭދަކޮށްފައިވާ މުއްދަތާއި މަގާމުގެ ކުރިއެރުން ލިބުނު ގޮތުގެ ރެކޯޑް ވެސް ލަފާގައި ހިމަނަން ޖެހޭއިރު، އެންއައިސީން އެ އޮފިސަރުންނާ މެދު ދެކޭ ގޮތް ވެސް ހިމަނަން ޖެހެ އެވެ.

އޮފިސަރުންނާ މެދު އެންއައިސީން ތައްޔާރުކުރާ ތަފްސީލީ ލަފާ، ބިލު ގާނޫނަކަށް ވާތާ 45 ދުވަހުގެ ތެރޭގައި ފޮނުވަން ޖެހެއެވެ.

އީވާ ހުށަހެޅުއްވި އިސްލާހާ ބެހޭ ގޮތުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފާއި ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމާ ދެމެދު މިދިޔަ ބުދަދުވަހު މަޖިލީހުގެ ތަޅުމުގައި ބޮޑު ޒުވާބެއް ވެސް ހިނގި އެވެ. އެ ޒުވާބަށް ފަހު ކުރެއްވި ޓްވީޓްތަކެއްގައި ޝަރީފް ވިދާޅުވީ އެއީ ފުލުހުންގެ މުއައްސަސާ ސިޔާސީކޮށް ބަޔަކު މަގާމުން ވަކިކުރަން ހުށަހަޅާ އިސްލާހެއް ކަމަށެވެ. އެ އިސްލާހަށް ތާއީދު ނުކުރައްވާނެ ކަމަށް ވެސްް އޭނާ އޭރު ވިދާޅުވި އެވެ، އެެހެން ނަމަވެސް ރޭ އެ އިސްލާހާ އެކު މުޅި ބިލަށް ވެސް ޝަރީފް ވޯޓު ދެއްވި އެވެ.

މުޅި ބިލު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 59 މެމްބަރުންގެ އިއްތިފާގުންނެވެ. އެބިލު ފާސްވުމާ އެކު އެމްޑީޕީގެ މެމްބަރުން މަޖިލީހުގެ ތަޅުމުގައި އުފާފާޅުކުރެއްވި އެވެ. ފުލުހުންގެ ހިދުމަތުގެ ބިލުގެ ނަމުގައި މުޅިން އާ ގާނޫނެއް ހަދަން އެ ބިލް ހުށަހެޅީ މިދިޔަ ފެބްރުއަރީ މަހު އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން