ޒިދާން މުޙައްމަދު   7 ޑިސެމްބަރު 2020 - 17:39
ފިރިހެނުން އެރުން މަނާ ރަށެއް
ފިރިހެނުން އެރުން މަނާ ރަށެއް
ފިންލޭންޑްގެ ޖަޒީރާ ރަށެއް ކަމަށްވާ "ސްޕްޝީ" އަކީ ފަތުރުވެރިންނަށް ޗުއްޓީއެއް ހޭދަކޮށްލަން ބޭނުންވާ މީހަކަށް ހުރިހާ ޚިދުމަތެއް ލިބޭ ރަށެކެވެ. އެކަމަކު، މިރަށުގެ ދެރަ ކަމަކީ މިރަށަށް ޗުއްޓީ ހޭދަކޮށްލަން ދެވޭނީ ހަމައެކަނި އަންހެނުންނަށެވެ. އެއްވެސް ފިރިހެނަކު މިރަށަށް އެރުމަކީ މަނާ ކަމެކެވެ.

ކްރިސްޓީނާ ރޯތު ކިޔާ މީހަކު ތަރައްޤީ ކުރި މި ރަށަށް ޗުއްޓީ ހޭދަކުރަންދާ އަންހެނުންނަށް ޔޯގާ އާއި ތަފާތު ކުޅިވަރުތަކާއި، ކައްކާ ކްލާސްތަކާއި ފިޓްނެސް ކްލާސްތަކާއި އަދި އިތުރު ގިނަ ހަރަކާތްތަކެއްގައި ބައިވެރި ވެވޭނެއެވެ.

މި ރަށުގައި ޗުއްޓީ ހޭދަކޮށްލަން ބޭނުންވާ މީހުން ވެބްސައިޓް މެދުވެރިކޮށް މެމްބާޝިޕް ހަދަން ޖެހޭނެއެވެ.



މިރަށް ފަތުރުވެރިންނަށް ހުޅުވާލީ މިދިޔަ އަހަރުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން