މަޖިލިސް ރައީސް، ރައްޔިތުނަގެ ސުވާލުތަކަށް ޖަވާބުދެއްވާ ތީވީ ޕްރޮގުރާމް "އާސްކް ސްޕީކާ"ގެ ދެ ވަނަ ޕްރޮގުރާމުގައި ރައީސް ނަޝީދު
މަޖިލިސް ރައީސް، ރައްޔިތުނަގެ ސުވާލުތަކަށް ޖަވާބުދެއްވާ ތީވީ ޕްރޮގުރާމް "އާސްކް ސްޕީކާ"ގެ ދެ ވަނަ ޕްރޮގުރާމުގައި ރައީސް ނަޝީދު
ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ކޮންމެ މަހެއްގެ މައްޗަށް ލިބިވަޑައިގަންނަވާ މުސާރައަކީ އެކަށީގެންވާ މުސާރައެއް ކަމަށް މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެއެވެ.

މަޖިލިސް ރައީސް، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވާ ޓީވީ ޕްރޮގުރާމް "އާސްކް ސްޕީކާ"ގެ ދެ ވަނަ ޕްރޮގުރާމުގައި މިރޭ ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން އެމަނިކުފާނުގެ މުސާރައައަށް ވަރަށް ބޮޑު ބަދަލެއް އައިސްފައިވާ ކަމަށެވެ. އެގޮތުން ކޮންމެ މަހަކު އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އަދަދު މަދު ކަން ފާހަގަ ކުރެއްވިއެވެ.

މަޖިލިހުގެ މެމްބަރުންގެ މުސާރަ އާއި އިނާޔަތްތައް އެމީހުން ކުރާ މަސައްކަތްތަކާ ގުޅޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި 1999 ވަނަ އަހަރު އެމަނިކުފާނު މަޖިލިހަށް ވަޑައިގެންނެވި އިރު މުސާރައިގެ ގޮތުގައި ލިބިވަޑައިގަންނަވަނީ 2،500ރ. އެވެ. އޭގެ ފަހުން، އެ ތަން ދައުލަތުގެ މުއައްސަސާއަކަށްވެ، އެ ތަނަކީ ގަދަރާއި ހައިބަތު ހުރި ތަނަކަށް ވެފައިވާ ކަމަށް ވިދާޅުވިއެވެ. އަދި އެ ތަނުގައި ކުރަން ޖެހިފައި އޮތީ އިހްލާސްތެރި މަސައްކަތްތަކެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ފަހުން އައިސް މި ތަން (މަޖިލިސް) ދައުލަތުގެ މުއައްސަސާއަކަށް މި ތަންވެ، މި ތަނުގައި ތިބޭ މީހުންނަކީ ގަދަރާއި ހައިބަތާއި އިއްޒަތާއި ވިސްނުންތެރިކަމާއި ބުއްދިވެރިކަމާއި އިހްލާސްތެރިކަމާއި، މިކަންކަން ހުރެގެން ރައްޔިތުންގެ މަސައްކަތްކޮށް ދޭނެ ބައެއްގެ ގޮތުގައި. (ވެފައި އޮތީ). އެފަދަ ބަޔަކަށް ދޭނީ ކޮން އެއްޗެއްތޯ މި އަހަނީ." ރާއްޖޭގެ ވެރިކަން ތިން އަހަރެއްހާ ދުވަހު ކުރެއްވި 19 ވަނަ ރައްޔިތުން މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ހިތުން އެކަށީގެންވާ އެއްޗެއް މި ދެވެނީ،" އެމަނިކުފާނު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން