ހައްދުންމަތީ ގަމުގައި ހަދަމުން ދިޔަ ފުޓްސެލް ދަނޑުގައި އޮތް ކާޕެޓް ކަފާލާފައި | ފޮޓޯ: މިރޯ
ހައްދުންމަތީ ގަމުގައި ހަދަމުން ދިޔަ ފުޓްސެލް ދަނޑުގައި އޮތް ކާޕެޓް ކަފާލާފައި | ފޮޓޯ: މިރޯ
ގަމު ތުނޑީ އަވަށުގައި ހަދަމުންދިޔަ ފުޓްސެލް ދަނޑުގައި އަޅާފައި އޮތް ކާޕެޓް ކަފާލައިފި އެވެ.

އެނގިފައިވާ ގޮތުގައި، ކާޕޭޓުން ކަފާލާފައި ވަނީ ތެދަށް އެންމެ ރޮނގެކެވެ. ކާޕެޓުގެ އެއް ފަރާތު އަރިމަތިން ފެށިގެން އެތެރެއަށް ވާ ގޮތަށް ސީދަލަށް ކަފާލާފައި ވަނީ ކާކު، ކޮން ބޭއްނުމެއްގައި، ކީއްކުރަން ކަމެއް އެނގިފައެއް ނުވެއެވެ.

ހައްދުންމަތީ ގަމަކީ ނިސްބަތުން ކުޅިވަރަށް ލޯބި ކުރާ މީހުން ގިނަ ރަށެކެވެ. މާބޮޑު ތަފާތެއްނެތި ދެޖިންސުގެ ފަރުދުން ވެސް މި ރޮނގުގައި ފައިހަމަ ކުރަނީ ދާދި އެއް ހަމައެއްގައެވެ. ނަމަވެސް ގަމުގެ ތިން އަވަށުގެ ތެރެއިން ގަމު ތުނޑީ އަވަށަކީ ކުޅިވަރުގެ ދާއިރާއިން ހުނިޖަހާލެވޭނެ އަވަށެކެވެ.

ކާޕެޓް ކަފާލާފައި ވަނީ ކޮން އިރަކު ކަމެއް ސީދާ ސާފުނުވާއިރު، މި ކަން ހިނގާފައި ވަނީ މި ހަފުތާގެ ތެޜޭގައި ކަމަށް ގަމުން "ރަސް އޮންލައިން"އާ ވާހަކަދެއްކި ޒުވާނަކު ބުންޏެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން