ފަރީދީ މަގު ބަންދުކޮށްގެން ފުލުހުން އޮޕަރޭޝަނެއް ހިންގަނީ
ފަރީދީ މަގު ބަންދުކޮށްގެން ފުލުހުން އޮޕަރޭޝަނެއް ހިންގަނީ
ފަރީދީ މަގު ބަންދުކޮށް މަސްތުވާތަކެތީގެ ހާއްސަ އޮޕަރޭޝަނެއް ފުލުހުން ހިންގަމުން އެބަ ދެއެވެ.

ފުލުހުން ބުނެފައިވަނީ އެ ސަރަހައްދުގައި ކުރިއަށް ދަނީ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓުން ކުރިއަށް ގެންދާ އޮޕަރޭޝަނެއް ކަމަށެވެ.

މިއަދު މެންދުރުފަހު ފުލުހުން ވަނީ މާލޭގެ ފަރީދީމަގާއި ފާމުދޭރީ ހިނގުން ގުޅޭ ކަންމަތި ބަންދުކޮށްގެން އޮޕަރޭޝަނެއް ފަށައި ކާރެއް ހުއްޓުވައިފަ އެވެ. އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ފުލުހުންނާއި، ފުލުހުންގެ އިންޓެލިޖެންސް ދަނީ ހަރަކާތްތެރިވަމުންނެވެ. މި އޮފަރޭޝަންގައި މިހާތަނަށް 10 މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.



ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ފަރީދީ މަގުގެ ސަރަހައްދެއް ބަންދުކޮށްގެން ހިންގަމުން އަންނަނީ މަސްތުވާތަކެތީ ގެ ބޮޑު އޮޕަރޭޝަނެއް ކަމަށެވެ. ސީޕީ ހަމީދު ވިދާޅުވީ ރާއްޖެއަށް އެތެރެކޮށްފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ އެއްޗެހި އެސަރަހައްދުގައި އޮތް ކާރަކުން ފެނިފައިވާ ކަމަށާއި އެކާރުން ފޮރެންސިކް އެވިޑެންސް ނަގަމުން އަންނަކަމަށެވެ. މި މަސްތުވާތަކެތި އަތުލައިގަތުމަށް ފުލުހުންގެ އިންޓެލިޖެންސާއި މެރިން ފުލުހުން ހަފްތާއަކަށް ވުރެއް ގިނަދުވަހު މަސައްކަތްކޮށްފައިވާ ކަމަށް ކޮމިޝަނަރ ވިދާޅުވި އެވެ.

ކޮމިޝަނަރ ޙަމީދު ވިދާޅުވީ މި އޮޕަރޭޝަންގައި ގިނަ ޢަދަދެއްގެ ޑްރަގްސް އަތުލައިގެންފައިވާ ކަމަށާއި، މިކަމާ ގުޅޭ މަޢުލޫމާތު ފަހުން ހާމަ ކުރަށްވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން