އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް
މާލޭގެ މަގުމައްޗަށް ވެއްޓިފައި އޮތް މީހަކަށް ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.

ފުލުހުން ބުނީ، ދެވިނަމަގުގައި މީހަކު ވެއްޓިފައި އޮތް ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު މެންދުރު 02:03 ހާއިރު ކަމަށާއި، ފުލުހުން އެ ސަރަހައްދަށް ގޮސް ވެހިކަލެއްގައި އެމީހާ އައިޖީއެމްއެޗަށް ގެންދިޔަ ކަމަށެވެ.

އެމީހާ އައިޖީއެމްއެޗް އަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް މަރުވެފައިވާކަމަށާއި، މަރުވެފައިވަނީ އުމުރުން 44 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.

އަދި މިހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން އިތުރަށް ބަލަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ފަހަކަށް އައިސް މަގުމައްޗަށް ވެއްޓިގެން ހޮސްޕިޓަލަށް ގެންދާ މީހުން ނިޔާވުމުގެ ޙާދިސާތައް ވަނީ އިތުރުވެފައެވެ. އަދި އެފަދަ ޙާދިސާތަކުގައި ނިޔާވާ ބައެއް މީހުން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވެސް ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން