މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން ސިފައިން ޙަރަކާތްތެރިވުން (ފޮޓޯ:އެމްއެންޑީއެފް)
މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން ސިފައިން ޙަރަކާތްތެރިވުން (ފޮޓޯ:އެމްއެންޑީއެފް)
މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން ސިފައިން ޙަރަކާތްތެރި ވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ ގއ. އެކަފަރުގެ އިރު އުތުރުން 1.5 ނޯޓިކަލް ބޭރުން މަސްވެރިކަމުގައި ޙަރަކާތްތެރިވަމުންދިޔަ "ކޯމަސް" ދޯނީގައި ހުރި މީހެއްގެ ލޮލަށް ބުޅިއެއް ހެރިގެން އެމްއެންޑީއެފުން ޙަރަކާތް ތެރި ވެފައިވާ ކަމަށެވެ.

ބުޅި ހެރިފައިވަނީ 36 އަހަރުގެ ދިވެހި ފަޅުވެރިއެއްގެ ލޮލަށް ކަމަށާއި، އެމްއެންޑީއެފް ކޯސްޓްގާޑްގެ އެހީތެރިކަމާއެކު އޭނާ މިހާރު ގއ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.



މިޙާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު 11:30 ގައި ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދެއްވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން