ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް
ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް
މަޖިލީސް 19 ވަރަށް ތަފާތުކަމަށާއި، އެ މަޖިލީސް ތަފާތުވަނީ ސަރުކާރުގެ އަމާޒް އެމްޑީޕީގެ މަޖިލީސް މެމްބަރުންނަށް ނޭނގޭތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް މުޙައްމަދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ "ބާބު 3" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން 19 ވަނަ ރައްޔިތުންގެ މަޖިލީހަކީ އެންމެ ތަފާތު މަޖިލީސް ކަމަށާއި، މި މަޖިލީހުން މިހާތަނަށް އެހެން މަޖިލީހަކުން ނުކުރާވަރަށް މަސައްކަތް ކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ ޢަލީ ޢާޒިމް ވަނީ ވިދާޅުވެފައެވެ. އެގޮތުން މިއަހަރު އެކަނިވެސް 117 ޖަލްސާއެއް ބާއްވާފައިވާއިރު، 49 ބިލެއް ފާސްކޮށްފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމްގެ ވާހަކަތަކަށް ރައްދު ދެއްވަމުން ހަމަ އެ ޕްރޮގްރާމްގައި ޝިޔާމް ވިދާޅުވީ، މަޖިލީސް 19 ވަރަށް ބޮޑަށް ތަފާތުކަން ޤަބޫލުކުރަށްވާ ކަމަށާއި، 18 ވަނަ މަޖިލީހާ އަޅާބަލާއިރު މަސައްކަތްވެސް ގިނައިން ކުރަށްވައިފި ކަމަށެވެ. ނަމަވެސް ޙަޤީޤަތުގައި މަޖިލިސް 19 އެންމެ ތަފާތުވަނީ ސަރުކާރުގެ އަމާޒް މަޖިލީހުގެ އެމްޑީޕީ މެމްބަރުންނަށް ނޭނގޭތީ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑަށް ވަރަށް ބޮޑަށް ފާހަގަ ކުރެވޭ ސަރުކާރުން ކުރާ ބައެއް ކަންކަން އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕަށް ނޭނގޭކަން. އެއީ މަސައްކަތް ގިނަވެގެންދާ އެއް ސަބަބު. މިހެން މި ދެންނެވީ ސަރުކާރުގެ އަމާޒު ޕާލިމެންޓަރީ ގްރޫޕަށް ނޭންގޭ ބައެއްކަހަލަ ކަންތައްތައް އަޅުގަނޑުމެންނަށް އެބަހުރި ފެނިފަ. ބައެއް މެމްބަރުން ބިލް ހުށައަޅާފައި އެބަ ވިދާޅުވޭ އެއީ ސަރުކާރުން ހުށައަޅާފައި އޮތް ބިލެކޭ، ތިމަންނަ ތިމަންނަގެ ވާހަކައޭ ދައްކާނީ." ޝިޔާމް ވިދާޅުވިއެވެ.

ނަމަވެސް މަޖިލީސް 18 ގައި ސަރުކާރުން މަޖިލީހަށް ބިލް ހުށައަޅަނީ ޕީޖީ ގްރޫޕާ ގިނަ ކަންތައްތަކުގައި ޚިޔާލު އެއްގޮތްކޮށްގެން ކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި މަޖިލީސް 19 ގައި އެމްޑީޕީގެ މެމްބަރުންނަށް ބޭނުން ވާހަކައެއް ބިލްތަކާމެދު ދެއްކުމުގެ ފުރުސަތަކީ ތަފާތެއް ކަމަށް ޤަބޫލު ކުރަށްވާ ކަމަށާއި، ޕީޖީ ލީޑަރ އާޒިމްގެ ކެތްތެރިކަން އެކަންކަމާ ގުޅިގެން ފާހަގަ ކުރެވޭ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ރައްޔިތުންނަށް މުހިއްމުވަނީ ގިނަ މައްސަލަ ހުށައަޅައި، ގިނައިން މަޖިލީހުގައި މެމްބަރުން ވަގުތު ހޭދަކުރުންތޯ ސުވާލު އުފައްދަންޖެހޭ ކަމަށެވެ. އޭގެ ބަދަލުގައި ރައްޔިތުން ބޭނުންވަނީ މަދު ނަމަވެސް އުފެއްދުންތެރި ނަތީޖާ ނެރެދޭ މަޖިލީހެއް ކަމަށާއި، ހުސް އަނގަތަޅާ ވަގުތު ބޭކާރުކުރާ މަޖިލީހެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވެރިކަމަށް އަންނަން ވިއްކާ މެނިފެސްޓޯގައި ހުންނަ ބިލްތަކަކީ މިހާރަށްވުރެ އަވަހަށް ނިންމުމަށްފަހު ރައްޔިތުންނަށް ޚިދުމަތް ދެވޭނެ ބިލްތައް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ރޭގެ ޕްރޮގްރާމްގައި މެޖޯރިޓީ ލީޑަރ އާޒިމް ވިދާޅުވީ 18 ވަނަ މަޖިލީހަކީ ހުއްޓިފައި އޮތް މަޖިލީހެއް ކަމަށާއި، 19 ވަނަ މަޖިލީސް ތަފާތުކަން މަޖިލީހުގެ ޕަރފޯމަންސަށް ބަލައި ރައްޔިތުން ހެކިވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން