ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ ޢަލީ އާޒިމް
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ ޢަލީ އާޒިމް
18 ވަނަ މަޖިލީހުގެ ޕީޕީއެމް މެމްބަރުންނަށް ރައީސް ޔާމީންގެ ސަރުކާރުން ދެއްކީ ބިރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ ޢަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ "ބާބު 3" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މެމްބަރު އާޒިމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުން ތަމްސީލު ކުރަން ރައްޔިތުން އެމީހުންގެ މަންދޫބުން ވައްދާފައިތިބޭ ތަނެއް ކަމަށާއި، ޑިމޮކްރަޓިކް ޤައުމުތަކުން މަޖިލިސް ހިނގާގޮތަށް މަޖިލިސް ކުރިއަށްދާތަން މިހާރު ފެންނާނެ ކަމަށެވެ.

އަދި އެއްއިރެއްގައިވެސް ސަރުކާރެއް މަޖިލީހަކާ އެހާ ގަޔާ ނުވާނެ ކަމަށާއި، އެއީ ކޮންމެ ސަރުކާރެއް އޮތް ނަމަވެސް އެކަން އޮންނަ ގޮތްކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އާޒިމް ވިދާޅުވީ 18 ވަނަ މަޖިލީހުގެ ޕީޕީއެމްގެ މެމްބަރުން މަސައްކަތް ކުރެއްވީ ބިރުވެރިކަމެއްގެ ތެރޭގައި ތިއްބަވައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

"18 ވަނަ މަޖިލީހުގައި ޕީޕީއެމްގެ މެޖޯރިޓީ އޮތް މަޖިލީހެއް. އެހެން ނަމަވެސް އެ މަޖިލީސް، އެއީ ޚުދުމުހުތާރު ވެރިކަމެއްގައި ހިނގަމުން ދިޔަ މަޖިލީހެކޭ ދަންނަވަން ޖެހެނީ. ރައްޔިތުންގެ މަޖިލީސް ތެރޭގައިވެސް ސަރުކާރުން ފޮނުވާ ބިލްތަކަށް މާބޮޑު މަޝްވަރާ ކުރުމެއް ނޯންނާނެ. ރަބަރ ސްޓޭމްޕެއް ޖަހާ ތަނެއްގެ ގޮތުގައި، އެކަން ނުކޮށްފިއްޔާ މަޖިލީހުގެ މެމްބަރުން އެބަހުރި ވާހަކަ ދައްކާފައި، ތިމަންނަމެން މިކަން ނުކޮށްފިއްޔާ ޖަލަށްލާނެޔޭ، ބަންދު ކުރާނެޔޭ. އެ ފިއަރ އިނދޭ." އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، މަޖިލީހުގެ ޤަވާއިދު އޮންނަގޮތުން ސަރުކާރުން މަޖިލީހަށް ހުށައަޅާ ބިލް ހުށައަޅާނީ ސަރުކާރު ނިސްބަތްވާ ޕާޓީގެ މެމްބަރުން ކަމަށާއި، އެއީ ސަރުކާރުގެ ވިސްނުން ކަމަށެވެ. ނަމަވެސް މި ސަރުކާރުގައި ބިލް ސްޕޮންސަރ ކުރާ މެމްބަރަށްވެސް ބިލަށް ފާޑު ކިޔައި އެ މެމްބަރެއްގެ ޚިޔާލު ހާމަކުރުމުގެ މިނިވަންކަން އޮތުމަކީ މަޖިލީސް 19 ވެސް އަދި ސަރުކާރުވެސް ތަފާތުވާ ސަބަބުކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ރައްޔިތުންގެ މަޖިލީހެއް އޮތުމުގެ ބޭނުމަކީ ބިލްތަކަށް ރައްޔިތުންގެ ޚިޔާލުތައް ވެއްދުން ކަމަށާއި، އަވަސް އަރުވާލާފައި ބިލްތަކުގައި ސްޓޭމްޕް ނުޖެހެނީ ޑިމޮކްރެޓިކް އުސޫލުން އެކަން ކުރާތީ ކަމަށް އާޒިމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން