ކުޑަކުދިންގެ ހިޔާގައި އުޅުނު ކުދިންތަކަކަށް ނަފްސާނީ އަދި ޖިސްމާނީ އަނިޔާ ކުރި މައްސަލައެއްގައި 06 މީހެއްގެ މައްޗަށް ދައުވާ ކޮށްފިއެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިޙް އެކުލަވާލައްވާފައިވާ ކޮމިޝަނުން މީގެ ކުރިން ބުނެފައިވަނީ، 2017 ވަނަ އަހަރު، ހިޔާގެ ކުދިންތަކަކަށް އެ ތަނުގެ މުވައްޒަފުން އަނިޔާކުރި މައްސަލައެއް ފާހަގަ ކުރެވިފައިވާ ކަމަށާއި އެ މައްސަލަ 2018 ވަނަ އަހަރު ފުލުހުންނަށް ހުށަހަޅާފައި ވީނަމަވެސް މިހާތަނަށް އެއްވެސް ފަރާތަކާމެދު ފިޔަވަޅެއް އެޅިފައިނުވާ ކަމަށެވެ. އެހެންކަމުން ގާނޫނު އަސާސީއިން ލިބިދޭ ބާރުގެ ދަށުން 11 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.
އެކަމާ ގުޅިގެން ޕީޖީ އޮފީހުން ބުނެފައިވަނީ، 2018 ވަނަ އަހަރާއި 2017 ވަނަ އަހަރު ތެރޭގައި ދައުލަތުގެ ބެލުމުގެ ދަށުގައި ވިލިމާލޭގައި ހުންނަ "ކުޑަކުދިންގެ ހިޔާގައި" ބަލަހައްޓަމުންދާ ޢުމުރުން 18 އަހަރު ނުފުރޭ ކުދިންތަކަކަށް އެތަނުގައި މަސައްކަތްކުރި މުވައްޒަފުންތަކެއްގެ ފަރާތުން ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަސަރުކުރުވާ ގޮތަށް އަދި އެކުދިންގެ ކަރާމާތަށް ގެއްލުންވާގޮތަށް ޢަމަލުކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި 06 މީހެއްގެ މައްޗަށް ދަޢުވާ ކުރުމަށް 10 ޑިސެންބަރު 2020 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ދަޢުލަތުން ދަޢުވާކޮށްފައި ވަނީ، މުޙައްމަދު ޝަރީފް ވ. ސަމާހިޔާ އާއި، ޙުސައިން އަޙްމަދު ވ. ފަންސި އާއި، ޢަލީ އަޙްސަން ވ. ރިއޯ އާއި، ނަޖީޙް އަޙްމަދު މއ. އަކިރިފުށި ދެކުނުބައި އާއި، އަޙްމަދު ވަނޫދު ހ. ފޯސީޒަނާއި، ހުސައިން ޙަމްދޫން ވ. އާސްމާން މަންޒިލްގެ މައްޗަށެވެ. މި މީހުންގެ ތެރެއިން ވަނޫދުގެ މައްޗަށް 8 ދަޢުވާއެއް އުފުލާފައިވާއިރު، އަޙްސަންގެ މައްޗަށް ވަނީ 5 ދަޢުވާއެއް އުފުލާފައެވެ. އަދި ނަޖީޙްގެ މައްޗަށް 4 ދަޢުވާ އަކާއި، ޙަމްދޫންގެ މައްޗަށް 2 ދަޢުވާ އުފުލާފައި ވެއެވެ. ބާކީ ތިބި މީހުންގެ މައްޗަށް އުފުލާފައިވަނީ 1 ދަޢުވާއެވެ.
ޕީޖީ އޮފީހުން ބުނީ، މި މައްސަލާގައި މިހާތަނަށް ދަޢުވާ ހުށަހަޅާފައިވާ މީހުންނާއި، މި މައްސަލާގައި ޝާމިލްވާ އިތުރު މީހުން ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ އިތުރު ޖިނާއީ ކުށުގެ މައްސަލަތައް ތަޙުޤީޤުކުރުމުގެ މަސައްކަތް ތަޙުޤީޤީ އިދާރާތަކުން ކުރަށްވަމުން ގެންދަވާ ކަމަށެވެ. އަދި އެމައްސަލަތައްނިމި، ލިޔުންތައް ލިބުމުން، ހެއްކާއި ޤަރީނާގެ މައްޗަށް ބަލައި، އެ މައްސަލަތަކުގައިވެސް ދަޢުވާކުރަންޖެހޭކަމަށް ފެންނަ މީހުންގެ މައްޗަށް ދަޢުވާކުރުމުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު