ދަޢުލަތުގެ ބަންޑާރަނާއިބު އަލްއުސްތާޛު ޙުސެއިން ޝަމީމް
ދަޢުލަތުގެ ބަންޑާރަނާއިބު އަލްއުސްތާޛު ޙުސެއިން ޝަމީމް
ކުޑަކުދިންގެ ހިޔާގައި އުޅުނު ކުދިންތަކަކަށް ނަފްސާނީ އަދި ޖިސްމާނީ އަނިޔާ ކުރި މައްސަލައެއްގައި 06 މީހެއްގެ މައްޗަށް އުފުލާފައިވާ ދަޢުވާތަކާއި ގުޅިގެން ދައުލަތުގެ ފަރާތުން ކޯޓަށް ވަޑައިގެން ވަކާލާތު ކުރަށްވާނީ ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމު ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

މަޤާމާ ޙަވާލުވެ ވަޑައިގެންނެވި ފަހުން ޕްރޮސެކިއުޓާ ޖެނެރަލް އަލްއުސްތާޛު ޙުސެއިން ޝަމީމް ސީދާ ކޯޓަށް ވަޑައިގެން ވަކާލާތު ކުރަށްވާފައިވަނީ، ޖިިންސީ އަނިޔާތަކުގެ ސަބަބުން މަރުވި ޒިޔާދާ ނައީމްގެ މަރުގެ މައްސަލާގައި ހައިކޯޓުގައެވެ. އަދި ޕްރޮސެކިއުޓަރ ޖެނެރަލަށް ލިބިދޭ ބާރުގެ ދަށުން ތަހުގީގު ކުރުމަށް ފުލުހުންގެ މައްޗަށް ޕީޖީ ޝަމީމް އެންގެވި ފުރަތަމަ މައްސަލައަކީ، ކުރެއްދޫ ރިސޯޓުގައި ކޯވިޑް-19 އަށް ޝައްކު ކުރެވުނު އިޓަލީ މީހާގެ މައުލޫމާތު ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ހާމަނުކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އާއި އެ މައްސަލައިގެ ވަށައިގެންވާ ކަންކަމުގައި ޖިނާއީ ކުށެއް ވޭތޯ ބެލުމަށް އެންގެވި މައްސަލައެވެ.

ޕީޖީ ޝަމީމް މީގެ ކުޑައިރުކޮޅެއް ކުރިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކުޑަކުދިންގެ ހިޔާގައި އުޅުނު ކުދިންތަކަކަށް ނަފްސާނީ އަދި ޖިސްމާނީ އަނިޔާ ކުރި މައްސަލައެއްގައި 06 މީހެއްގެ މައްޗަށް ދައުވާ ކޮށްފައިވާ މައްސަލާގައި ސީދާ ކޯޓަށް ވަޑައިގެން ދަޢުލަތުގެ ވަކީލުންގެ ޓީމުގައި ވަކާލާތު ކުރަށްވާނެ ކަމަށެވެ. ޝަމީމް އިތުރަށް ވިދާޅުވީ މި މައްސަލައަކީ ގާނޫނުއަސާސީގެ 233 ވަނަ މާއްދާގެ (ޅ) ގެ ދަށުން ޕްރޮސެކިއުޓަރ ޖެނެރަލަށް ލިބިދޭ ބާރުގެ ދަށުން ތަހުގީގު ކުރުމަށް ފުލުހުންގެ މައްޗަށް އަމުރެއް ނެރުނު ދެ ވަނަ މައްސަލަ ކަމަށެވެ.

އަދި މިމައްސަލައިގައި ކޯޓަށް ވަޑައިގެން ވަކާލާތު ކުރެއްވުމަށް ވަރަށް ބޮޑަށް ޝައުޤުވެރިވެފައިވާކަމަށް ޝަމީމް ވިދާޅުވިއެވެ.



އާންމު އުސޫލުން ޕީޖީ އަމިއްލަފުޅަށް ކޯޓުތަކަށް ވަޑައިގެން ވަކާލާތެއް ނުކުރައްވާނެ އެވެ. އޭގެ ބަދަލުގައި ކޮންމެ މައްސަލައަކަށް ވެސް ފޮނުވާނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ވަކީލުންނެވެ. ޕީޖީ އަމިއްލަފުޅަށް ކޯޓުގައި ވަކާލާތު ކުރެއްވުމަކީ ވަރަށް މަދުން ނޫނީ ނުކުރާ ކަމެކެވެ.

2018 ވަނަ އަހަރާއި 2017 ވަނަ އަހަރުގެ ތެރޭގައި ދައުލަތުގެ ބެލުމުގެ ދަށުގައި ވިލިމާލޭގައި ހުންނަ "ކުޑަކުދިންގެ ހިޔާގައި" ބަލަހައްޓަމުންދިޔަ ޢުމުރުން 18 އަހަރު ނުފުރޭ ކުދިންތަކަކަށް އެތަނުގައި މަސައްކަތްކުރި މުވައްޒަފުންތަކެއްގެ ފަރާތުން ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަސަރުކުރުވާ ގޮތަށް އަދި އެކުދިންގެ ކަރާމާތަށް ގެއްލުންވާގޮތަށް ޢަމަލުކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި 06 މީހެއްގެ މައްޗަށް ދަޢުވާ ކުރުމަށް 10 ޑިސެންބަރު 2020 ވަނަ ދުވަހު ޕީޖީ އޮފީހުންވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން