ށ.ފޯކައިދޫ އާއި ށ. ފީވަށް ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.
އެމްޓީސީސީން ބަނީ ފޯކައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 15 އިންސައްތަ މިހާރު ނިމިފައިވާކަމަށެވެ. އަދި މި މަޝްރޫޢުގެ ދަށުން، މިހާރު ކުރިއަށް ދަނީ ބަނދަރަށް އަލަށް އިތުރުކުރެވޭ ސަރަޙައްދު ފުންކުރުމުގެ މަސައްކަތް ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި، 507 މީޓަރ ބޮޑުހިލައިގެ ބޭރުތޮށި ޖެހުމާއި، 464 މީޓަރ އެއްގަމުތޮށި ޖެހުމާއި، 2320 ސްކެއަރ މީޓަރ ޕޭވްމަންޓް ހެދުމާއި، 12 މޫރިން ބްލޮކްސް ޖެހުމާއި، 39,995 ކިއުބިކް މީޓަރ ބަނދަރު ފުންކުރުމާއި، 4,000 ކިއުބިކް މީޓަރ ނެރު ފުންކުރުމާއި، 100 މީޓަރ ރިވެޓްމަންޓް ޖެހުމާއި 2 ނެރުބައްތި ޖެހުމުގެ އިތުރުން 24 ބަނދަރު ބައްތި ޖެހުން ހިމެނެއެވެ.
2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު އެމްޓީސީސީއާ ޙަވާލުކުރި މި މަސައްކަތަކީ ދަޢުލަތުގެ ބަޖެޓުން 55.9 މިލިއަން ރުފިޔާ ޚަރަދު ކޮށްގެން 500 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.
މީގެ އިތުރުން ށ. ފީވަށް ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތުގެ 65 އިންސައްތަ ނިމިފައިވާކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ އެއްގަމު ތޮށީގެ ކޮންކްރީޓް މަސައްކަތްތައް ކަމަށާއި މި މަޝްރޫޢު މޮބިލައިޒް ކުރެވިފައިވަނީ 13 ސެޕްޓެމްބަރ 2019 ގައި ކަމަށް އެމްޓީސީސީން މަޢުލޫމާތު ދެއްވައެވެ.
މި މަޝްރޫޢުގެ ދަށުން ކުރާ މަސައްކަތްތަކުގެ ތެރޭގައި 504 މީޓަރު ބޭރު ތޮށި ޖެހުމާއި، 70 މީޓަރު ރިވެޓްމެންޓް ޖެހުމާއި، 464 މީޓަރު އެއްގަމު ތޮށި ހެދުމާއި، ބަނދަރުގައި ރޭމްޕެއް ހެދުމާއި، އެއްގަމު ތޮށި ވަށައިގެން ޕޭވްމެންޓް ހެދުމާއި، ބަނދަރު ފުން ކުރުމާއި، ބަނދަރު ނެރު ފުންކުރުމާއި، 2 ނެރު ބައްތި ޖެހުމާއި، ބަނދަރު ސަރަހައްދުގައި 21 ލައިޓް ޖެހުމުގެ އިތުރުން 10 މޫރިން ބްލޮކް ހަރުކުރުން ހިމެނެއެވެ.
ދަޢުލަތުގެ ބަޖެޓުން 69.3 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 390 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ.
އެމްޓީސީސީން ދަނީ ރާއްޖޭގެ އުތުރުން ދެކުނަށް ތަރައްޤީގެ ގިނަ މަސައްކަތްތަކެއް ހަލުވި ދުވެލީގައި ހިންގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު