ހުޅުމާލޭ ފަޅުގައި އަޅާފައިއޮތް ސަފާރީ އެއް
ހުޅުމާލޭ ފަޅުގައި އަޅާފައިއޮތް ސަފާރީ އެއް
ހުޅުމާލޭ ފަޅު ތެރޭގައި އޮތް ސަފާރީއެއްގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ފުލުހުންގެ ފަރާތުން ޕީޖީ އަށް މައްސަލަ ފޮނުވައިފިއެވެ.

މީގެ ކުރިންވެސް މި މައްސަލާގައި ދަޢުވާކުރުމަށް ފުލުހުން ފޮނުވުމުން ޕީޖީ ވަނީ ބައެއް ކަންތައްތައް ފުރިހަމަ ކުރުމަށްފަހު އަލުން ފޮނުވުމަށް އަންގަވާފައެވެ. އެކަމާގުޅިގެން ފުލުހުން ވަނީ، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ މަޝްވަރާގެ މަތިން ފުރިހަމަކުރަން އެދުނު ކަންތައްތައް ފުރިހަމަ ކުރުމަށް ފަހު ދަޢުވާ ކުރަން ފޮނުވާފައެވެ. މި މައްސަލަ ޕީޖީން ބަލައިގެންފައިވީނަމަވެސް އެމީހުންގެ މައްޗަށްކުރާ ދަޢުވާތައް ޕީޖީ އޮފީހުން އަދި ހާމަ ކޮށްފައެއް ނުވެއެވެ.

ޖޫން 26 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ދިވެހި ދެ ފިރިހެނަކު ކެންޔާ އަންހެނަކަށް ޖިންސީ ގޯނާ ކުރަން އުޅުނު މި މައްސަލަ މީޑިއާއަށް ތިލަވެގެން އައީ ރޭޕް ކޭސް އެއްގެ ގޮތުގައެވެ. ނަމަވެސް ހޯމް މިނިސްޓަރ އިމްރާން ވިދާޅުވެފައިވަނީ ސަފާރީގައި ހިނގާ ދިޔައީ ރޭޕަކަށްވުރެ ނިސްބަތުން ކުޑަ ކަމެއް ކަމަށެވެ. އަދި އެއީ އާންމު ކޮންމެ ތަނެއްގައި ވެސް ހިނގައިފާނޭ ކަމެއް ކަމަށް އިމްރާން ވިދާޅުވިއެވެ.

މިދިޔަ ޖުލައި މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު އަބްދުލް މަންނާނު ޔޫސުފް ވަނީ، އެ މައްސަލައިގައި ތުހުމަތު ކުރަނީ ކުށުގެ ވެށިން ހައްޔަރުކުރި ދެ ފިރިހެނުންނަށް އެކަނި ކަމަށް ވިދާޅުވެފަ އެވެ. އަދި އެމީހުން ދޫކޮށްލާފައިވަނީ އެމީހުން ބަންދުގައި ބައިތިއްބަންޖެހޭ ސަބަބެއް އޮތް ކަމަށް ނުފެންނާތީ ކަމަށް ވިދާޅުވި އެވެ. ނަމަވެސް މި މައްސަލާގައި މަޖިލީހުގެ މެމްބަރެއްގެ ފިރިކަލުން ހިމެނޭކަމަށް ބުނެ، މި މައްސަލަ ބެލުމުގައި ސިޔާސީ ނުފޫޒު ވަރަށް ބޮޑަށް ވަދެފައިވާކަމަށް ގިނަ ރައްޔިތުން ވަނީ ތުހުމަތުކޮށްފައެވެ. އަދި މީސް މީޑުއާގައި މިމައްސަލައަށް ނިސްބަތް ކުރަނީ “ރޯޔަލް ރޭޕްކޭސް” ގެ ގޮތުގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން