އަޙްމަދު ނިހާން ޙުސެއިން މަނިކު
އަޙްމަދު ނިހާން ޙުސެއިން މަނިކު
ރައީސް ޔާމީންގެ ސަރުކާރުގައި ހިނގައިދިޔަ އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަޙްމަދު ނިހާން ޙުސެއިން މަނިކުގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.

ނިހާނު މިއަދު ފުރަން ގޮސްހުއްޓާ އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލާގައި އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެންނެވެ. އެ މައްސަލާގައި އިސްކަންދީގެން ތަޙްޤީޤު ކުރަމުން އަންނަ 30 މީހުންގެ ތެރޭގައި ނިިހާން ވެސް ހިމެނެ އެވެ. އޭނާގެ މައްޗަށް ކުރަނީ މަނީ ލޯންޑާ ކުރުމާއި، ރިޝްވަތު ހިފުމުގެ ތުހުމަތެވެ. އެ މައްސަލާގައި މިދިޔަ އޮކްޓޫބަރު މަހު ނިހާން އާއި ޢާއިލާ ބޭފުޅުން އޭސީސީއަށް ޙާޟިރުކޮށް ބަޔާން ނަގާފައިވެއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭގޮތުން ފުލުހުންނާއި، އެންޓި ކޮރަޕްޝަން ކޮމިޝަން އަދި އެސެޓް ރިކަވަރީ ކޮމިޝަނުން ބުނެފައި ވަނީ، އެ ޚިޔާނާތުގެ ޖުމްލަ ޚަރަދު ހިސާބުކުރުމުން 220 މިލިއަން ޑޮލަރު (3.3 ބިލިއަން ރުފިޔާ) ދައުލަތަށް ގެއްލިފައިވާ ކަމަށެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ 267 ފަރާތަކަށް ލިބުނުކަމަށް އެ މައްސަލަ ތަޙްޤީޤުކުރާ އިދާރާތަކުންވަނީ ވިދާޅުވެފައެވެ. ޚިޔާނާތުގެ ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރޭގައި 18ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރަކާއި، މިނިވަން މުވައްސަސާތަކުގައި އިސްކޮށް ތިއްބެވި 5 ބޭފުޅަކުވެސް ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން މިހާރު ސަރުކާރުގެ މަގާމުގައިތަކުގައި ތިބި 7 މީހަކާއި، 7 ފަނޑިޔާރެއްގެ އިތުރުން ސަލާމަތީ ބާރުތަކުގައި ހިމެނޭ 23 އޮފިސަރުން ވެސް ހިމެނެއެވެ.

ވެރިކަމުގައި ހުންނަވައިގެން މަނީ ލޯންޑާ ކުރެއްވިކަމުގެ ކުށުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އަދީބާއެކު ޕީޖީ އޮފީހުން ހެދި އެއްބަސްވުމާއެކު އަދީބު ވަނީ އެމްއެމްޕީއާރސީގެ ޚިޔާތުގެ ތުހުމަތުތަކަށް އެއްބަސްވެވަޑައިގެންފައެވެ. އަދި އޭނާގެ މައްޗަށް ކުށް ސާބިތުވެ އިއްވާފައިވާ 20 އަހަރު ދުވަހުގެ ޖަލުހުކުމް ތަންފީޒްކުރައްވަމުން ގެންދަވަނީ ގޭގައި ހުންނަވައިގެންނެވެ.

އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް އުފުލި ދައުވާތަކުގައި ވެސް އިއުތިރާފު އެއްބަސްވުމެއް އެކުލަވާލިއިރު އޭނާގެ މައްޗަށް އިއްވާފައިވަނީ 11 އަހަރުގެ ޖަލު ހުކުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން