ރާއްޖެ ދޫކޮށް ފިލަން ނޫޅޭ ކަމަށާއި، އޭނާގެ ޕާސްޕޯޓް ހިފެހެއްޓީ ފުރަން އެއަރޕޯޓަށް ގޮސް ހުއްޓައި ނޫންކަމަށް ވިލިމާފަންނު ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ނިހާން ޙުސެއިން މަނިކު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި ހިނގައިދިޔަ އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަޙްމަދު ނިހާން ޙުސެއިން މަނިކުގެ ޕާސްޕޯޓް ވަނީ ހިފަހައްޓައިފައެވެ. އަދި އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ ފުރަން އެއަރޕޯޓަށް ގޮސް ހުއްޓައިކަމަށް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.
އެކަމާ ގުޅިގެން ނިހާން ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ، ރާއްޖެ ދޫކޮށް ފިލަން ނޫޅޭ ކަމަށާއި، މިއަހަރު ފެށުނު ފަހުން ރާއްޖެއިން ބޭރަށް ދިއުމަށް ހިތަށްވެސް ނާރުވާ ކަމަށެވެ. އަދި އެއްވެސް އެއަރލައިނަކުން ރިޒަރވޭޝަނެއްވެސް ހައްދާފައި ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުގެ ޕާސްޕޯޓް ހިފެހެއްޓީ ފުރަން އެއަރޕޯޓަށް ގޮސް ހުއްޓާކަމަށް ބައެއް ނޫސްތަކުގައި ލިޔަމުންދަނީ އެއްވެސް ހަޤީޤަތެއް ނެތިއެވެ. އަޅުގަނޑުގެ ދަރިފުޅުގެ ޓިކެޓެއް ޑޭޓް އެކްސްޓެންޑް ކުރަން އިއްޔެ މެންދުރު ޤަތަރު އެއަރލައިން އޮފީހަށް ދިޔުމުން އަޅުގަނޑު ފިލަން އުޅުނުކަމަށް މިވީ!" ނިހާން ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ނިހާން ވިދާޅުވީ، ފްރޭމްކޮށް އަގުވައްޓާލަން އުޅުނަސް މީ ބޮޑުވަރު ކަމަށެވެ. އަދި ދިވެހި ފުލުހުންގެ އިންޓެލިޖެންސުން ހޯއްދެވި އިންޓެލިޖެންސް އަކީ މިހާތަނަށް ދުނިޔޭގައި ހޯދުނު އެންމެ ތެދުވެރި އިންޓެލިޖެންސް ރިޕޯޓް ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި ނިހާންގެ މައްޗަށް ކުރަނީ މަނީ ލޯންޑާ ކުރުމާއި، ރިޝްވަތު ހިފުމުގެ ތުހުމަތެވެ. އެ މައްސަލާގައި މިދިޔަ އޮކްޓޫބަރު މަހު ނިހާން އާއި ޢާއިލާ ބޭފުޅުން އޭސީސީއަށް ޙާޟިރުކޮށް ބަޔާން ނަގާފައިވެއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ 267 ފަރާތަކަށް ލިބުނުކަމަށް އެ މައްސަލަ ތަޙްޤީޤުކުރާ އިދާރާތަކުންވަނީ ވިދާޅުވެފައެވެ. ޚިޔާނާތުގެ ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރޭގައި 18ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރަކާއި، މިނިވަން މުވައްސަސާތަކުގައި އިސްކޮށް ތިއްބެވި 5 ބޭފުޅަކުވެސް ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން މިހާރު ސަރުކާރުގެ މަގާމުގައިތަކުގައި ތިބި 7 މީހަކާއި، 7 ފަނޑިޔާރެއްގެ އިތުރުން ސަލާމަތީ ބާރުތަކުގައި ހިމެނޭ 23 އޮފިސަރުން ވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު