އަންނަ އަހަރުގެ މާޗް 6 ވަނަ ދުވަހު ބޭއްވުމަށް މަސައްކަތް ކުރި ލޯކަލް ކައުންސިލް އިންތިހާބު މާޗު މަހުގެ 13 އަށް ފަސްކުރުމަށް މަޝްވަރާކުރަމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ކައުންސިލް އިންތިޚާބު ބޭއްވުމަށް އެންމެ ފުރަތަަމަ ޝެޑިއުލް ކޮށްފައިވަނީ މިއަހަރުގެ އޭޕްރިލްމަހުގެ ތެރޭގައެވެ. ނަމަވެސް ކޯވިޑް-19ގެ ބަލިމަޑުކަމާއެކު ރާއްޖެ އެއްކޮށް ލޮކްޑައުން ކުރުމާގުޅިގެން އިންތިޚާބު ވަނީ މުއްދަތެއް ނެތްގޮތަށް ފަސްކޮށްފައެވެ. އަދި އިންތިޚާބާބެހޭ ޚާއްސަ ޤާނޫނެއް އެކުލަވާލައި އައު އިންތިޚާބެއް ބާއްވައި އައު ކައުންސިލަރުން ހުވާކުރުމާ ހަމައަށް މިހާރު ތިބި ކައުންސިލަރުން ދެމިތިބޭގޮތަށް ޤާނޫނަށްވަނީ ބަދަލު ގެނެސްފައެވެ. އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ވަނީ ފަސްކުރި ލޯކަލް ކައުންސިލް އިންތިހާބު އަންނަ މާޗު މަހުގެ ހަ ވަނަ ދުވަހު ބޭއްވުމަށް ތައްޔާރީތައްވަމުން އަންނަ ކަމަށް ބުނެފައެވެ.
ރާއްޖެ ޓީވީގައި ރޭ ވާހަކަ ދައްކަވަމުން ޝަރީފް ވަނީ ގާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި ކައުންސިލް އިންތިހާބު ބޭއްވޭނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި އިންތިޚާބަށް އިދާރީ ގޮތުން ވާން ޖެހޭ ތައްޔާރީތައް މިހާރުވެ ނިމިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"6 މާޗަކީ އޭގެ ފަހުން އަންނަ ހަފްތާ އެކީ އެކައްޗަށް މި އޮންނަނީ ސްކޫލު ބަންދު ދުވަސްތަކެއްގެ ގޮތުގައި، އެއީ ޓާމް ހޮލިޑޭސްގެ ގޮތުގައި. އެހެންކަމުން ވޯޓުލާ ހޮނިހިރު ދުވަހުގެ ކުރީ ހަފްތާ ސްކޫލުތައް އޮންނާނީ ވަރަށް ހަލަބޮލިކޮށް، ޓީޗަރުން ބިޒީކޮށް ތިބޭނީ. އެދުވަސްވަރުގައި އެބޭފުޅުންނަށް އޮފިސަލުން ތަމްރީންކުރުމަށް ބާއްވާ ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް ވަރަށް ބޮޑެތި ހުރަސްތަކެއްް އެބަހުރި. އެހެންކަމުން އަޅުގަނޑުމެން މިހާރު މަޝްވަރާ އެބަކުރަން ހައެއްގެ ބަދަލުގައި 13 އަށް އިންތިހާބުގެ ތާރީހު ބަދަލުކުރަން،" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ 13 މާޗުގައި އިންތިހާބު ބޭއްވި ނަމަވެސް އިންތިހާބުގެ ދެވަނަ ބުރު ރަމަޟާން މަހުގެ ކުރިން ނިމޭނެ ކަމަށެވެ. ނަމަވެސް ދާއިމީ ނަތީޖާތައް އިއުލާންކުރާނީ ރަމަޟާން މަހުގެ ތެރޭގައި ކަމަށް އޭނާ ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، އިންތިޚާބު ބާއްވާނެ ތާރީޚެއް ކަނޑައަޅައި މަސައްކަތް ކުރަމުންދާއިރު، އެންމެބޮޑު އިސްކަމެއް ދެނީ ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތަށް ޕާޓީތަކަށް ކެންޕެއިން ކުރުމުގެ ފުރުސަތު ދިނުމަށްކަމަށެވެ. އެގޮތުން ޤާނޫނުގައި ބުނާ 28 ދުވަހުގެ މުއްދަތު ކެންޕެއިން ކުރުމަށް ދެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.
އަންނަ އަހަރުގެ މާރޗް މަހު އިންތިޚާބް ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން މަސައްކަތް ކުރަމުންދާއިރު މިހާތަނަށް 116 ފަރާތަކުން ކައުންސިލް އިންތިހާބުގައި ވާދަނުކުރުމަށް ނިންމާ ނަން އަނބުރާ ގެންގޮސްފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. އޭގެ ތެރޭގައި ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލާފައިވާ 76 ފަރާތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ 40 ފަރާތަކުން ނަން އަނބުރާ ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެެވެ.
ޝަރީފް ވިދާޅުވީ ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން މިހާތަނަށް ނަން ނެގީ އެމްޑީޕީގެ 26 ކެންޑިޑޭޓަކާއި ޕީޕިއެމްގެ 13 ކެންޑިޑޭޓަކާއި ޖޭޕިގެ ހަތް ކެންޑިޑޭޓަކާއި އެމްޑީއޭގެ ކެންޑިޑޭޓެއްގެ އިތުރުން އަމިއްލަ ގޮތުން ކުރިމަތިލާފައި ތިބި 29 ކެންޑިޑޭޓުން ކަމަށެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން އަނބުރާ ނަން ގެންގޮސްފައިވަނީ އެމްޑީޕީގެ 25 ކެންޑިޑޭޓަކާއި ޕީޕީއެމްގެ 03 ކެންޑިޑޭޓެއްގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރަ 12 ކެންޑިޑޭޓެކެވެ.

ކިޔުންތެރިންގެ ހިޔާލު