އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމަށް ދީފައިވާ ފުރުސަތުގައި ނަން އަނބުރާ ގެންދިޔަ ކެންޑިޑޭޓުންގެ ޢަދަދު 123 އަށް އަރައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން ހާމަކުރި މަޢުލޫމާތުތަކުގައިވާ ގޮތުން އެމްޑީޕީގެ ފަސް ކެންޑިޑޭޓަކު ވަނީ ނަން އަނބުރާ ގެންގޮސްފައެވެ. ނަން އަނބުރާ ގެންދިޔަ އެމްޑީޕީގެ ކެންޑިޑޭޓުންގެ ތެރޭގައި ހިމެނެނީ ދ. މާއެނބޫދޫ ކައުންސިލްގެ އަންހެނުންނަށް ހާއްސަ ކޮށްފައިވާ ގޮނޑިއަށް ކުރިމަތިލި ކެންޑިޑޭޓަކާއި މާފަރު އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީއަށް ކުރިމަތިލި ކެންޑިޑޭޓަކާއި ލ. ކަލައިދޫ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީ އަށް ކުރިމަތިލި ކެންޑިޑޭޓެކެވެ.

މީގެއިތުރުން ރ. މާކުރަތު އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީ އަށް ކުރިމަތިލި ކެންޑިޑޭޓާއި ތ. ދިޔަމިގިލި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީ އަށް އެމްޑީޕީގެ ފަރާތުން ކުރިމަތިލި ކެންޑިޑޭޓަކު ވެސް ވަނީ ނަން އަނބުރާ ގެންގޮސްފައެވެ.

އެމްޑީޕީގެ ކެންޑިޑޭޓުންގެ އިތުރުންވެސް އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރި ބައެއް ކެންޑިޑޭޓުންވެސް ވަނީ ނަން އަނބުރާ ގެންގޮސްފައެވެ. އެއީ ހދ. ނޮޅިވަރަންފަރު ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިއަށް ކުރިމަތިލި ކެންޑިޑޭޓާއި އދ. ދަނގެތި ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިއަށް ކުރިމަތިލި ކެންޑިޑޭޓާއި ނ. ފޮއްދޫ ކައުންސިލްގެ ރައީސް ކަމަށް ކުރިމަތިލި ކެންޑިޑޭޓު ހިމެނެއެވެ. ހަމައެއާއެކު މުލީގެ އަންހެނުން ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީގެ މެންބަރު ކަމަށް ކުރިމަތިލި ކެންޑިޑޭޓަކުވެސް ވަނީ ނަން އަނބުރާ ގެންގޮސްފައެވެ.

އަންނަ އަހަރުގެ މާރޗް މަހު އިންތިޚާބް ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން މަސައްކަތް ކުރަމުންދާއިރު މިހާތަނަށް 123 ފަރާތަކުން ކައުންސިލް އިންތިހާބުގައި ވާދަނުކުރުމަށް ނިންމާ ނަން ވަނީ އަނބުރާ ގެންގޮސްފައެވެ. އޭގެ ތެރޭގައި ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލާފައިވާ 78 ފަރާތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ކުރިމަތިލާފައިވާ 45 ކެންޑިޑޭޓަކު ހިމެނެއެވެ.

ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން މިހާތަނަށް ނަން ނެގީ އެމްޑީޕީގެ 25 ކެންޑިޑޭޓަކާއި ޕީޕީއެމްގެ 13 ކެންޑިޑޭޓަކާއި ޖޭޕިގެ ހަތް ކެންޑިޑޭޓަކާއި އެމްޑީއޭގެ ކެންޑިޑޭޓެއްގެ އިތުރުން އަމިއްލަ ގޮތުން ކުރިމަތިލާފައި ތިބި 32 ކެންޑިޑޭޓުންނެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން އަނބުރާ ނަން ގެންގޮސްފައިވަނީ އެމްޑީޕީގެ 29 ކެންޑިޑޭޓަކާއި ޕީޕީއެމްގެ 03 ކެންޑިޑޭޓެއްގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރަ 13 ކެންޑިޑޭޓެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން