ކައުންސިލް އިންތިޚާބު ފަސްވުމަކީ ޤައުމީ ބޮޑު މައްސަލައެއް ކަމަށް ރައްޔިތުންގެ މަޖިލިހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
އަންނަ އަހަރުގެ މާޗް 6 ވަނަ ދުވަހު ބޭއްވުމަށް މަސައްކަތް ކުރި ލޯކަލް ކައުންސިލް އިންތިހާބު މާޗު މަހުގެ 13 އަށް ފަސްކުރުމަށް މަޝްވަރާކުރަމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް ޤާނޫނުގައި ބުނާ 28 ދުވަހުގެ މުއްދަތު ކެންޕެއިން ކުރުމަށް ނުލިބޭނެ ގޮތަކަށް އިންތިޚާބު ނުބޭއްވޭނެ ކަމަށާއި، އެކަން ކުރެވޭނީ އެޗްޕީއޭ އިން އެފުރުސަތު ދެއްވުމުން ކަމަށް އީސީ ޝަރީފް ވިދާޅުވިއެވެ.
އެކަމާގުޅިގެން އިދިކޮޅު މެމްބަރު އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް ނިންމަންޖެހޭ ބޮޑެތި ކަންތައްތައް ނުނިންމައި އެޗްޕީއޭގެ ބޮލުގައި ޒިންމާ އަޅުވާފައި ސަރުކާރު ބޮނދާ އޮތުމަކީ ބޮޑު ޤައުމީ މައްސަލައެއް ކަމަށެވެ. އަދި ރާއްޖެއަށްވުރެ ބޮޑެތި ޤައުމުތަކުގައި ކޯވިޑް-19 ގެ ތެރޭގައިވެސް އިންތިޚާބުތައް ބާއްވާފައިވާކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
އާދަމް ޝަރީފް ވަނީ ކައުންސިލް އިންތިޚާބު ލަސްކުރާ މައްސަލައަށް ދަޢުލަތުން ޙައްލެއް ހޯދައިދިނުމަށް ގޮވާލައްވާފައެވެ.
ކައުންސިލް އިންތިޚާބު ބޭއްވުމަށް އެންމެ ފުރަތަަމަ ތާވަލު ކޮށްފައިވަނީ މިއަހަރުގެ އޭޕްރިލްމަހުގެ ތެރޭގައެވެ. ނަމަވެސް ކޯވިޑް-19ގެ ބަލިމަޑުކަމާއެކު ރާއްޖެ އެއްކޮށް ލޮކްޑައުން ކުރުމާގުޅިގެން އިންތިޚާބު ވަނީ މުއްދަތެއް ނެތްގޮތަށް ފަސްކޮށްފައެވެ. އަދި އިންތިޚާބާބެހޭ ޚާއްސަ ޤާނޫނެއް އެކުލަވާލައި އައު އިންތިޚާބެއް ބާއްވައި އައު ކައުންސިލަރުން ހުވާކުރުމާ ހަމައަށް މިހާރު ތިބި ކައުންސިލަރުން ދެމިތިބޭގޮތަށް ޤާނޫނަށްވަނީ ބަދަލު ގެނެސްފައެވެ. އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ވަނީ ފަސްކުރި ލޯކަލް ކައުންސިލް އިންތިހާބު އަންނަ މާޗު މަހުގެ ތެރޭގައި ބޭއްވުމަށް ތައްޔާރީތައްވަމުން އަންނަ ކަމަށް ބުނެފައެވެ.
އަންނަ އަހަރުގެ މާރޗް މަހު އިންތިޚާބް ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން މަސައްކަތް ކުރަމުންދާއިރު މިހާތަނަށް 123 ފަރާތަކުން ކައުންސިލް އިންތިހާބުގައި ވާދަނުކުރުމަށް ނިންމާ ނަން އަނބުރާ ގެންގޮސްފައި ވެއެވެ. އޭގެ ތެރޭގައި ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލާފައިވާ 78 ފަރާތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ކުރިމަތިލާފައިވާ 45 ކެންޑިޑޭޓަކު ހިމެނެއެވެ.

LCE beyvvumah ninmanjehey bodethi kankan nunimmai,
— Adam Shareef Umar (@Adamshareefz) December 19, 2020
HPA ge bolugai zimmaa alhuvaafai, sarukaaru bondhaa othumakee bodu qaumee massalaeh. Aabaadhee maa bodethi qaumuthakugai Covid thereygai inthikhaabu baavvaifi. LCE laskuraa massala ah Dhaulathun halleh hoadhaidhinumah govaalan!
ކައުންސިލް އިންތިޚާބު ބޭއްވުމަށް އެންމެ ފުރަތަަމަ ތާވަލު ކޮށްފައިވަނީ މިއަހަރުގެ އޭޕްރިލްމަހުގެ ތެރޭގައެވެ. ނަމަވެސް ކޯވިޑް-19ގެ ބަލިމަޑުކަމާއެކު ރާއްޖެ އެއްކޮށް ލޮކްޑައުން ކުރުމާގުޅިގެން އިންތިޚާބު ވަނީ މުއްދަތެއް ނެތްގޮތަށް ފަސްކޮށްފައެވެ. އަދި އިންތިޚާބާބެހޭ ޚާއްސަ ޤާނޫނެއް އެކުލަވާލައި އައު އިންތިޚާބެއް ބާއްވައި އައު ކައުންސިލަރުން ހުވާކުރުމާ ހަމައަށް މިހާރު ތިބި ކައުންސިލަރުން ދެމިތިބޭގޮތަށް ޤާނޫނަށްވަނީ ބަދަލު ގެނެސްފައެވެ. އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ވަނީ ފަސްކުރި ލޯކަލް ކައުންސިލް އިންތިހާބު އަންނަ މާޗު މަހުގެ ތެރޭގައި ބޭއްވުމަށް ތައްޔާރީތައްވަމުން އަންނަ ކަމަށް ބުނެފައެވެ.
އަންނަ އަހަރުގެ މާރޗް މަހު އިންތިޚާބް ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން މަސައްކަތް ކުރަމުންދާއިރު މިހާތަނަށް 123 ފަރާތަކުން ކައުންސިލް އިންތިހާބުގައި ވާދަނުކުރުމަށް ނިންމާ ނަން އަނބުރާ ގެންގޮސްފައި ވެއެވެ. އޭގެ ތެރޭގައި ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލާފައިވާ 78 ފަރާތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ކުރިމަތިލާފައިވާ 45 ކެންޑިޑޭޓަކު ހިމެނެއެވެ.
ކިޔުންތެރިންގެ ހިޔާލު