އިދިކޮޅު ޕީޕީއެމުން އިންސާފު ހޯދުމަށް ކޯޓު ކައިރީ ކުރި އިޙްތިޖާޖެއް
އިދިކޮޅު ޕީޕީއެމުން އިންސާފު ހޯދުމަށް ކޯޓު ކައިރީ ކުރި އިޙްތިޖާޖެއް
ކޯވިޑް-19ގެ ޙާލަތުގައި ކެމްޕޭން ކުރުމަށް މާލެއިން ރަށްރަށަށް ދެވޭނީ ފުލުހުންގެ ހުއްދަ ހޯދައިގެން ކަމަށް އެޗްޕީއޭ އިން ކަނޑައަޅައިފިއެވެ.

އެޗްޕީއޭއިން ހޮނިހިރު ދުވަހު އާންމުކުރި "ރަސްމިއްޔާތުތަކާއި ހަފްލާތަކާއި ހަރަކާތްތައް ބޭއްވުމުގައި އަމަލުކުރަންވީ އުސޫލު" ގައި ބުނެފައިވާ ގޮތުން، މާލެއިން އެހެން ރަށަކަށް ގޮސް ބައްދަލުވުންތަކާއި ރަސްމިއްޔާތުތަކާއި ހަފްލާތަކާއި އެކި ހަރަކާތް ބާއްވާނަމަ އެޗްޕީއޭއިން ނުވަތަ މޯލްޑިވްސް ޕޮލިސް ސާރވިސްއިން ހުއްދަ ލިއުމުން ހޯދަންޖެހޭނެއެވެ. އަދި މި ހުއްދަ ދޭނީ އެއިރެއްގައި ރަށްރަށަށް ދަތުރުކުރުމުގައި އެޅިފައިވާ ފިިޔަވަޅުތަކާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ.

އަދި ގެސްޓްހައުސް ހުންނަ ރަށަކުން ނުވަތަ އިންޑަސްޓްރިއަލް މަސައްކަތްކުރާ ރަށަކުން ގެސްޓްހައުސް ނުހިންގާ ރަށަކަށް ދާނަމަ އެރަށެއްގެ ރަށު ކައުންސިލްގެ ހުއްދަ ހޯދަންޖެހެއެވެ. މީގެއިތުރުން ގެސްޓް ހައުސް ނުހިންގާ ރަށަކުން، ގެސްޓް ހައުސް ހިންގާ ރަށަކަށް ގޮސް ބައްދަލުވުންތަކާއި ރަސްމިއްޔާތުތަކާއި ޙަފްލާތައް ބާއްވާނަމަ ގެސްޓްހައުސް ނުހިންގާ ރަށުގެ ކައުންސިލްގެ ހުއްދަ ހޯދަންވެސް މިއުސޫލުގައި ވަނީ އަންގާފައެވެ.

މީގެއިތުރުން، ދަތުރުތައް ކުރާއިރު އިންތިޒާމްތައް ދުރާލައި ހަމަޖައްސައި ކަނޑައެޅިފައިވާ އުސޫލުތަކަށް ބަލާ ރަށުގެ ކައުންސިލަށް ދަތުރުކުރުމުގެ ކުރިން އެންގުމަށް އުސޫލުގައި ވަނީ ބަޔާންކޮށްފައެވެ. އަދި، މަރުހަބާ ކިއުމުގައި ރަށުގެ ރައްޔިތުން ބައިވެރިވާނަމަ ހުރިހާ އެންމެންވެސް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާސްކް އެޅުމާއި 3 ފޫޓުގެ ގައިދުރުކަން ބެހެއްޓުމުގެ އިތުރުން، އަތާއި އަތް ޖޯޑުކޮށް ސަލާމް ނުކުރުމާއި ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅެއް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

އަދި، އާންމު ތަންތަނުގައި މަދުވެގެން ތިން ފޫޓުގެ ގައިދުރުކަން އަބަދުވެސް ބަހައްޓަންޖެހޭނެ ކަމަށާއި ރެސްޓޯރަންޓް ފަދަ ތަންތަނަށް ދިއުމުގައިވެސް ހާއްސަ އުސޫލުތަކަށް ބޯލެނބުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި، މިފަދަ ރަސްމިއްޔާތުތަކާއި ހަފްލާތައް ނިންމައި ކެއުމުގެ އިންތިޒާމް ހަމަނުޖެއްސުމަށް އުސޫލުގައި ވަނީ ބަޔާންކޮށްފައެވެ.

އަންނަ އަހަރުގެ މާޗް 6 ވަނަ ދުވަހު ބޭއްވުމަށް މަސައްކަތް ކުރި ލޯކަލް ކައުންސިލް އިންތިހާބު މާޗު މަހުގެ 13 އަށް ފަސްކުރުމަށް މަޝްވަރާކުރަމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް ޤާނޫނުގައި ބުނާ 28 ދުވަހުގެ މުއްދަތު ކެންޕެއިން ކުރުމަށް ނުލިބޭނެ ގޮތަކަށް އިންތިޚާބު ނުބޭއްވޭނެ ކަމަށާއި، އެކަން ކުރެވޭނީ އެޗްޕީއޭ އިން އެފުރުސަތު ދެއްވުމުން ކަމަށް އީސީ ޝަރީފް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން