އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަދި ތިނަދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ގަސަމް
އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަދި ތިނަދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ގަސަމް
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އެމްޕީއެލްގެ ތެރޭގައި ހިންގި 8 މިލިއަން ރުފިޔާގެ ތެލުގެ ވައްކަމާއި ގުޅިގެން ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ އިތުރު 5 މުވައްޒަފަކު ސަސްޕެންޑް ކޮށްފިއެވެ.

އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް ރޭ ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އެމްޕީއެލްގެ ތެލުގެ ހިޔާނާތާ ގުޅޭ ތަހުގީގު ފުލުހުންވެސް ކުރިއަށް އެބަގެންދާ ކަމަށާއި، އެކަމާ ގުޅިގެން އެކުންފުނީގެ ފަރާތުން ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދެމުންދާ ކަމަށެވެ.

ގަސަމް ވިދާޅުވީ އެމްޕީއެލްގެ އޮޑިޓުން މައްސަލަ ބެލުމަށްފަހު އެމްޕީއޭލްއަށް ފާހަގަވި އެފްއެސްއެމްގެ މުވައްޒަފުގެ މައުލޫމާތު ހިއްސާކުރުމާއި އެކު އެ މުވައްޒަފު ވަގުތުން ސަސްޕެންޑް ކުރެވިފައިވާ ކަމަށެވެ. އަދި އެފްއެސްއެމްގެ އިންޓާނަލް އޮޑިޓާއި އިންވެސްޓިގޭޝަނުން ފާހަގަވި އިތުރު ފަސް މުވައްޒަފަކު މިހާތަނަށް ސަސްޕެންޑު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެއްވެސް މުވައްޒަފަކު އަދި ވަޒީފާ އިން ވަކިކޮށްފައެއް ނުވެ އެވެ.

ޤަސަމް ވިދާޅުވީ، މިހާތަނަށް ބެލިބެލުމުން އެފްއެސްއެމްގެ ސީނިއާ މެނޭޖުމެންޓުގެ އެއްވެސް ބައިވެރިވުމެއް އެ ކަމުގައި ހިމެނޭކަން ފާހަގަވެފައި ނުވާ ކަމަށެވެ. އަދި އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހުންނަށް ސުވާލު ކުރުމުން އިއުތިރާފު ވެފައި ނުވާ ކަމަށާއި ނަމަވެސް އެމީހުންނާ ދެކޮޅަށް އެކަށީގެންވާ މިންވަރަށް ހެކި ލިބިފައިވާ ކަމަށެވެ. އަދި އެ ހެކިތައް ފުލުހުންނާ ހިއްސާކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ޚިޔާނާތް ފަޅާއެރީ އެމްޕީއެލްގެ ފައިނޭންސް ޑިޕާޓްމެންޓުން ބޭނުންކޮށްފައިވާ ތެލުގެ ރިޕޯޓް އޮގަސްޓް ފަހުކޮޅު ފޮނުވުމުންނެވެ. އެ ރިޕޯޓް ބެލުމަށްފަހު އެމްޕީއެލްގެ ތެރޭގައި ކޯވިޑް-19 ގެ ލޮކްޑައުންގެ ތެރޭގައި ގޯހެއް ހިނގާފައިވާކަން ފުރަތަމަ ފަޅާ އަރުވާލީ އިންޖިނިއަރިން ޑިޕާޓްމެންޓްގެ އެޗްއޯޑީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި އެމްޕީއެލްގެ ސީއީއޯ ޝާހިދު ވަނީ ވިދާޅުވެފައެވެ.

މި ޚިޔާނާތުގެ މައްސަލަ މީޑިއާއަށް ތިލަކުރެއްވުމަށްފަހު އެމްޕީއެލްގެ ޗެއަރމަންގެ މަޤާމުގައި ހުންނެވި ނަޒާކީ ޒަކީ ވަނީ މަޤާމުން އިސްތިޢުފާ ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން