ގދ. ތިނަދޫ ސަރަޙައްދީ ބަނދަރު ގާއިމްކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
ތިނަދޫ ކައުންސިލްގެ ފަރާތުން މިއަދު ވަނީ މި ޕޯޓް ގާއިމްކުރުމަށް ހަމަޖެހިފައިވާ ބިން މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއި ހަވާލުކޮށްފައެވެ. މި އެއްބަސްވުމުގައި ތިނަދޫ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ކައުންސިލްގެ ރައީސް އަލީ އަމްޖަދެވެ. އެމްޕީއެލްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީއެވެ.
އަދި މިއަދު އެމްޕީއެލްއިން ވަނީ އެ ބިމުގައި ސަރަޙައްދީ ބަނދަރު ތަރައްގީކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފައެވެ. މި އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސީއީއޯ ޝާހިދު ސޮއިކުރެއްވިއިރު އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ. އެމްޕީއެލްގެ ސީއީއޯ ވިދާޅުވީ ކުރިޔަށް އޮތް ދެ ހަފްތާގެ ތެރޭގައި އެ ސަރަހައްދުގައި ފަސް ހާސް އަކަ ފޫޓުގެ ގުދަނަކާއި، ޔާޑް ލައިޓްގެ އިތުރުން އެޑްމިން އިމާރާތަކާއި އިތުރު ހިދުމަތްތައް ދިނުމުގެ މަސައްކަތުގެ އެއްބަސްވުމުގައި އެމްޓީސީސީއާއެކު ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވެފައެވެ.
މިއަދު ސޮއިކުރެވުނު އެއްބަސްވުމާއެކު ރީޖަނަލް ޕޯޓް ގާއިމްކުރާ ސަރަހައްދުގެ ބިން އެއްވަރުކޮށް ސްޓޯމް ވޯޓަރ ޑްރެއިނޭޖް ގާއިމްކޮށް ސެކިއުރިޓީ ފެންސް ޖަހާނެއެވެ. އަދި މި މަސައްކަތް ނިމެންވާއިރު ސަރަޙައްދީ ބަނދަރުގައި ބޭނުންކުރާ ވެހިކަލްތަކާއި ސާމާނު އެރަށަށް ގެނައުމަށް ވަނީ ހަމަޖެހިފައެވެ.
ދަޢުލަތުގެ ބަޖެޓުން 15 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ތަރައްޤީކުރާ މި ބަނދަރުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 45 ދުވަހުގެ ތެރޭގައެވެ.

MTCC has signed with @Portmv to design and build Gdh. Thinadhoo Regional Port during an event held at Gdh. Thinadhoo today. The project is valued at MVR 15 million and is expected to be completed within 45 days. pic.twitter.com/3yL0qC5LPB
— MTCC Plc (@MTCCPlc) December 22, 2020
މިއަދު ސޮއިކުރެވުނު އެއްބަސްވުމާއެކު ރީޖަނަލް ޕޯޓް ގާއިމްކުރާ ސަރަހައްދުގެ ބިން އެއްވަރުކޮށް ސްޓޯމް ވޯޓަރ ޑްރެއިނޭޖް ގާއިމްކޮށް ސެކިއުރިޓީ ފެންސް ޖަހާނެއެވެ. އަދި މި މަސައްކަތް ނިމެންވާއިރު ސަރަޙައްދީ ބަނދަރުގައި ބޭނުންކުރާ ވެހިކަލްތަކާއި ސާމާނު އެރަށަށް ގެނައުމަށް ވަނީ ހަމަޖެހިފައެވެ.
ދަޢުލަތުގެ ބަޖެޓުން 15 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ތަރައްޤީކުރާ މި ބަނދަރުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 45 ދުވަހުގެ ތެރޭގައެވެ.
ކިޔުންތެރިންގެ ހިޔާލު