މާތް ﷲ އަށް ޝިރުކު ކުރުމުގެ ޖަރީމާ ހިންގޭ "ކްރިސްމަސް" ފާހަގަކުރުން ފަދަ ކަންކަމުގައި ބައިވެރިވުމާއި ޝިރުކުގެ ޢަމަލުތައް ހިމެނިގެންވާ އެފަދަ މުނާސަބަތުތަކަށް ހިތްވަރުދީ އެއްބަޔަކު އަނެއްބަޔަކަށް ތަހުނިޔާ ރައްދު ކުރުންފަދަ ކަންކަމަކީ، އެކަމުގެ ނުރައްކާތެރިކަން އިންތިހާއަށް ބޮޑު އަދި ނޭގި ނަމަވެސް ޝިރުކުގެ ނުބައި ފާފައިގެ ތެރެއަށް ވަދެގެންދާނެ ޢަމަލުތަކެއްކަމަށް ޢިލްމުވެރިންގެ ގުޅުމުން ބުނެފިއެވެ.
އިލްމުވެރިންގެ ގުޅުމުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ މާތް ﷲއަށް ޝިރުކު ކުރުން ހިމެނޭ ކަންކަމާ ގުޅުވައިގެން އެއްވެސް ފަރާތަކަށް ތަހުނިޔާ ނުކިޔުމަށާއި އެފަދަ ކަންކަމުން ދިވެހިން ދުރުވެ ރައްކާތެރިވެ ތިބުމަށް އިލްތިމާސްކޮށްފައެވެ. އަދި ބަވަނަވެފައިވާ ދުނިޔެއެއްގައި ދިވެހިން އުޅެމުން އަންނަނީ އެހެން ދީންތަކާ ސަގާފަތްތައް ކައިރިން އަބަދު ވެސް ފެންނަ ގޮތަށް ކަމުން މިއަދު ބޮޑުވަމުން އަންނަ ޒުވާނުން އެފަދަ އޮއެވަރެއްގައި ޖެހިގެން ހިނގައިދާނެ ކަމަށް ސަމާލުވުމަށް ބެލެނިވެރިންނާއި މުދައްރިސުންނަށް ވަނީ އިލްތިމާސް ކޮށްފައެވެ.
ޢިލްމުވެރިންގެ ގުޅުމުން މިފަދައިން އިލްތިމާސްކޮށްފައި މިވަނީ، ރާއްޖޭގެ ރިސޯޓުތަކާއި އަދި މީހުން ދިރިއުޅޭ ބައެއް ރަށްތަކުގައިވެސް ކްރިސްޓިއަނުންގެ ދީނީ އިޙްތިފާލެއްކަމުގައިވާ "ކްރިސްމަސް" ފާހަގަ ކުރުމުގެ ގޮތުން އެ ދީނުގެ ޝިޢާރުތަކާއި އާދަތައް ފާޅުކުރަމުންދާ މައްސަލަތަކެއް ފެންމަތިވެފައިވާތީ އެކަމާގުޅިގެން ނެރުނު ބަޔާނެއްގައެވެ.
އަދި ހަމައެއާއިއެކު އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމަށް މާތްﷲ ގަންދީ ހުވާކޮށްގެން އެހުވާގެ މަތީގައި ދައުލަތް ހިންގެވުމާއި ދައުލަތުގެ އެކިއެކި މަގާމުތަކާ ހަވާލުވެގެން ތިއްބެވި އަދި އެ މަތިވެރި ޒިންމާ އެބަޔަކާ މަތިކުރެވިގެންވާ ފަރާތްތަކާއި ސަލާމަތީ ބާރުތަކާއި އެކަމުގެ ހައިސިއްޔަތު ލިބިގެންވާ މުއައްސަސާތަކުގެ ވެރިންނާއި މުވައްޒަފުންނަކީ އެކަންކަން އަމަލީގޮތުން ހުއްޓުވުމުގެ ބާރު ލިބިގެންވާ ފަރާތްތައް ކަމަށާއި އެހެންކަމުން އެކަންކަން އަމަލީގޮތުން ހުއްޓުވުމުގެ ޒިންމާ ފުރިހަމައަށް ނެންގެވުމަށް ވެސް ޢިލްމުވެރިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ރާއްޖޭގެ ފަތުރުވެރިކަން އަލުން ކުރިއަރަން ފަށާފައިވާއިރު ކްރިސްމަހާއި ނިއުއިޔަރ ފާހަގަކުރުމަށް ގިނަ ޢަދަދެއްގެ ފަތުރުވެރިން މި ދުވަސްވަރު ދަނީ ރާއްޖެއަށް ޒިޔާރަތް ކުރަމުންނެވެ. އަދި މި މަހުގެ 18 ވަނަ ދުވަހު ކ. މާފުށީގައި ހުންނަ ގެސްޓް ހައުސް އެއްގެ ބޭރުގައި ބަހައްޓާފައި ހުރި މޭރީޓްރީ އެއް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ. މިކަމަކީ ފަތުރުވެރިކަމަށް ހުރަސް އެޅުން ކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ ފާޑުވެސް ކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު