މާލޭ ސަރަޙައްދުގެ ކުޑަކުދިންގެ ހިޔާތަކުގައި ތިބި 17 ކުއްޖަކު ބ. އޭދަފުށީ "އާމާން ވެށި"އަށް ބަދަލުކޮށްފިއެވެ.
ވިލިމާލޭ ކުޑަކުދިންގެ ހިޔާއާއި ހުޅުމާލޭ ފިޔަވަތީގައި ދިރިއުޅެމުންދިޔަ މި ކުދިން ބ. އޭދަފުށީ "އަމާންވެށި" އަށް ބަދަލު ކޮށްފައިވަނީ، އެކުދިންނަށް އިޖުތިމާއީ އަދި އާއިލީ ގުޅުމުގެ ތެރެއިން ބޮޑުވުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކަމަށް ޖެންޑަރ މިނިސްޓްރީން ވަނީ ބުނެފައެވެ. މި ކުދިން ގޮވައިގެން މިއަދު ބ. އޭދަފުއްޓަށް ވަޑައިގަތީ މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އާއިޝަތު މުހައްމަދު ދީދީއެވެ.
ޖެންޑަރ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، ސަރުކާރުގެ އަމާޒަކީ ކޮންމެ ކުއްޖަކީވެސް އާއިލީ މާހައުލުގެ ތެރެއިން ލޯތްބާއި އަޅައިލުމާއެކު ބޮޑުވާ ކުއްޖަކަށް ހެދުން ކަމަށާއި، ސަރުކާރުގެ ބެލުމުގެ ދަށުގައިވެސް ގިނަ ކުދިންތަކެއް ތިބި އިރު، އެ ކުދިންނަށްވެސް މުޖުތަމައުގެ ތެރޭގައި ބޮޑުވުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމުގެ ގޮތުން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ.
ކުޑަކުދިންގެ ހިޔާތަކުގައި މިހާރު ކުދިން ގެންގުޅެނީ ދެ އުމުރުފުރާއަކަށް ބަހާލައިގެން ކަމުން އެއް އާއިލާއަކަށް ނިސްބަތްވާ ދެ ކުދިން ދެ މަރުކަޒެއްގައި ދިރިއުޅެންޖެހޭ ޙާލަތު ކުރިމަތިވާ ކަމަށާއި، މިކަން ހައްލުކުރުމުގެ ގޮތުން، "އަމާން ވެށި"ތަކަށް ގެންދާ ކުދިން، އެ ކުދިންގެ އާއިލާގެ އެެހެން ކުދިންނާއެކު އެއް ތަނެއްގައި ބޮޑުވުމުގެ ފުރުސަތު ފަހިވެގެން ދާނެ ކަމަށް އެ ބަޔާނުގައިވެއެވެ.
ސަރުކާރުގެ ބެލުމުގެ ދަށުގައި ކުޑަކުދިންގެ ހިޔާގައި 50 ކުދިން އަދި ފިޔިަވަތީގައި 130 ކުދިން އެބަތިއްބެވެ. މިކުދިންނަށް ވެސް މުޖުތަމައުގެ ތެރޭގައި ބޮޑުވުމުގެ ފުރުސަތު ފަހި ކޮށްދިނުމުގެ ގޮތުން ރާއްޖޭގެ އިތުރު 4 ސަރަހައްދެއްގައި އަމާން ވެށިތައް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ގެންދަނީ ކުރަމުންނެވެ.

އިޖުތިމާޢީ އަދި ޢާއިލީ ގުޅުމުގެ ތެރެއިން ބޮޑުވުމުގެ ފުރުޞަތު ފަހިކޮށްދިނިމުގެ ގޮތުން 17 ކުއްޖަކު ބ.އޭދަފުށި "އަމާން ވެށި"އަށް ބަދަލުކޮށްފި pic.twitter.com/VdZ0wwEBRd
— Ministry of Gender, Family and Social Services (@MoGFSSmv) December 24, 2020
ކުޑަކުދިންގެ ހިޔާތަކުގައި މިހާރު ކުދިން ގެންގުޅެނީ ދެ އުމުރުފުރާއަކަށް ބަހާލައިގެން ކަމުން އެއް އާއިލާއަކަށް ނިސްބަތްވާ ދެ ކުދިން ދެ މަރުކަޒެއްގައި ދިރިއުޅެންޖެހޭ ޙާލަތު ކުރިމަތިވާ ކަމަށާއި، މިކަން ހައްލުކުރުމުގެ ގޮތުން، "އަމާން ވެށި"ތަކަށް ގެންދާ ކުދިން، އެ ކުދިންގެ އާއިލާގެ އެެހެން ކުދިންނާއެކު އެއް ތަނެއްގައި ބޮޑުވުމުގެ ފުރުސަތު ފަހިވެގެން ދާނެ ކަމަށް އެ ބަޔާނުގައިވެއެވެ.
ސަރުކާރުގެ ބެލުމުގެ ދަށުގައި ކުޑަކުދިންގެ ހިޔާގައި 50 ކުދިން އަދި ފިޔިަވަތީގައި 130 ކުދިން އެބަތިއްބެވެ. މިކުދިންނަށް ވެސް މުޖުތަމައުގެ ތެރޭގައި ބޮޑުވުމުގެ ފުރުސަތު ފަހި ކޮށްދިނުމުގެ ގޮތުން ރާއްޖޭގެ އިތުރު 4 ސަރަހައްދެއްގައި އަމާން ވެށިތައް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ގެންދަނީ ކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު