އިދިކޮޅު ކޯލިޝަނުން މިއަންނަ ހޮނިހިރު ދުވަހުގެރޭ ބޭއްވުމަށް ނިންމާފައިވާ "ވިސްނާ" ޖަލްސާ ބޭއްވުމުގެ ހުއްދަ އެޗްޕީއޭ އިން ދީފިއެވެ.
ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވީ އެ ޖަލްސާ ބޭއްވުމުގެ ހުއްދަ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި މާލެ ސިޓީ ކައުންސިލުން ހުއްދަ ދީފައިވާ ކަމަށެވެ. އަދި ޖަލްސާގެ ސަލާމަތީ ކަންކަމާއި ގުޅޭގޮތުން މިއަދު ފުލުހުންނާއިވެސް މަޝްވަރާކޮށްފައިވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ.
މި ޖަލްސާގެ ދައުވަތު ހުރިހާ މަސްވެރިންނާއި ދަނޑުވެރިން އަދި ޓެކްސީ ޑްރައިވަރުންނާއި އަނިޔާއާ ދެކޮޅަށް މަސައްކަތް ކުރާ ފަރާތްތަކަށް ވަނީ ދީފައިވާ ކަަމަށާއި، ޖަލްސާގައި އެޗްޕީއޭގެ ގައިޑްލައިނަށް ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.
ހޮނިހިރު ދުވަހުގެ ރޭ ބާއްވާ ޖަލްސާއަށް އަންނަ މީހުންގެ ސައިކަލްތައް ސަލްމާން މިސްކިތުގެ އުތުރުން އޮންނަ ޕާކިން ޒޯންގައި ބެހެއްޓުމަށް ފުލުހުން އެދިފައިވާ ކަމަށް އިދިކޮޅު ޕީޕީއެމުން މަޢުލޫމާތު ދެއްވައެވެ.
"ވިސްނާ"ގެ ނަމުގައި އިދިކޮޅުން ބާއްވާ ޖަލްސާ އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ 8:30 ގައެވެ.

ކިޔުންތެރިންގެ ހިޔާލު