ޝައިޚް ޢަލީ ޒައިދު
ޝައިޚް ޢަލީ ޒައިދު
މުސްލިމުންގެ އަމާޒަކަށް ވާންވީ ކީރިތިﷲ ގެ ރުއްސެވުން ހޯދުން ކަމަށް ދީނީ ޢިލްމުވެރިޔާ ޝެއިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝެއިޚް ޒައިދު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މުސްލިމުންގެ އަމާޒަކަށް ވާންވާނީ ﷲގެ ރުއްސެވުން ލިބޭތޯ ބެލުން ކަމަށާއި، އެއްވެސް ޙާލެއްގައި އެހެން މީހުން ރުއްސައިގެން އެމީހުންގެ ރުހުން ލިބޭތޯ މަސައްކަތް ކުރުން ނޫން ކަމަށެވެ. އަދި އިސްލާމް ދީނުގައި ސާބިތުވެ ތިބުމުގެ ތަޢުފީޤު ލިބުމަކީ ވަރަށް ބޮޑު ނިޢުމަތެއް ކަމަށް ޝެއިޚް ޒައިދު ފާހަގަ ކުރަށްވާފައިވެއެވެ.

ޝެއިޚް ޢަލީ ޒައިދު ވިދާޅުވީ، ﷲގެ ރުއްސެވުން ލިބުމަކީ ޙަޔާތުގެ މަޤްސަދުކަމުގައި ވެއްޖެ ނަމަ މުސްލިމުންނަށް ފުދި އިތުރުވެސްވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ގޯލް އަކަށް ވާންވީ މީހުން ރުއްސުމެއް ނޫން. އެހެނެއްކަމަކު މީސްތަކުންގެ ވެރި ރަސްކަލާންގެ ރުއްސެވުން ލިބޭތޯ ބެލުން. އޭރުން ފުދިފައި އިތުރުވެސް ވާނެ." ޝެއިޚް ޒައިދު ވިދާޅުވިއެވެ.



މީގެ އިތުރުން ޝެއިޚް ޢަލީ ޒައިދު ވަނީ ކްރިސްމަހުގެ ތަހުނިޔާ ރައީސް ނަޝީދު ފޮނުއްވާފައިވާތީ ރައީސް ނަޝީދަށްވެސް ނަސޭޙަތްތެރިވެވަޑައިގެންފައެވެ. އެގޮތުން ރައީސްނަޝީދަކީ ގިނަ ޢަދަދެއްގެ ދިވެހިންތަކެއްގެ ތާޢީދާއި އިޙްތިރާމް އޮތް ބޭފުޅަކަށް ވުމާއެކު އެމަނިކުފާނުގެ ފަރާތުން އިސްލާމްދީނުގެ އުސޫލްތަކާ ބީރަށްޓެހި ބައެއް ޢަމަލްތައް ފެނުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށް ޝެއިޚް ޒައިދު ވިދާޅުވިއެވެ.

އަދި އެފަދަ ޢަމަލުތަކުން ދުރުހެލިވެ، ﷲ ތަޢާލާގެ ހިދާޔަތުގެ މަގުން ކުރިއަށް ދިއުމަށް ޝެއިޚް ޒައިދު ވަނީ ރައީސް ނަޝީދަށް ނަޞޭޙަތަތެރިވެވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން