ޝިރުކުގެ ޢަޤީދާ ތަކަށް ތަހުނިޔާ ކިޔާ މީހާއަކީ އިސްލާމްދީނުގެ ޢަދުއްވެއް ކަމަށް ޝައިޚް އިލްޔާސް ހުސައިން ވިދާޅުވެއްޖެ އެވެ.
ނަޞާރާއިންގެ ދީނީ ޢީދެއްކަމަށްވާ ކްރިސްމަސްގެ ތަހުނިޔާ ރާއްޖޭގެ ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާތީ އެކަމާ ގުޅިގެން ރާއްޖޭގެ ބައެއް ދީނީ ޢިލްމުވެރިން ގެންދަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. ނަމަވެސް ބަވަނަ ވެފައިވާ މި ދުނިޔޭގައި ރައީސް ނަޝީދުގެ އިތުރުން މުސްލިމް ދަޢުލަތްތަކުގެ ބައެއް ވެރިންވެސް ވަނީ ކްރިސްމަސްގެ ތަހުނިޔާ ނަޞާރާއިންނަށް ފޮނުވާފައެވެ. އޭގެ ތެރޭގައި ޢުރުދުން އާއި، ދުބާއީގެ އެންމެ އިސްވެރިންވެސް ހިމެނެއެވެ.
ރައީސް ނަޝީދަށް ފާޑުވިދާޅުވެ އިލްޔާސް ވިދާޅުވީ، އިލާހީ ވަޙީ ބަސްފުޅަށް ގޮން ޖަހައި ނަޞާރާއިން ގަބޫލުކުރާ ޝިރުކުގެ އަގީދާއަށް ތަހުނިޔާ ކިއުމަކީ، އެ ބާތިލު އަގީދާ ގަބޫލުކޮށް އެކަމަށް ތާއިީދު ކުރާކަމުގެ ހެއްކެއް ކަމަށެވެ.
އަދި އެއީ ﷲ ގެ އެއްކައުވަންތަކަން ގަބޫލު ނުކުރާ ކަމަށް ވެވޭ އިއުތިރާފެއް ކަމަށާއި އެފަދަ މީހަކީ އިސްލާމް ދީނުގެ އަދުއްވެއް ކަމަށް ވެސް މި ސަރުކާރުގެ ކޯލިޝަން ޕާޓްނަރ އަދާލަތު ޕާޓީއަށް ނިސްބަތްވާ އަދި މެލޭޝިއާ އެމްބަސީގައި ސިޔާސީ ވަޒީފާއެއްގައި މިވަގުތު ހުންނެވި އިލްޔާސް ވިދާޅުވެފައިވެއެވެ.
އިލްޔާސްގެ އިތުރުން ރައީސް ނަޝީދުގެ އެފަދަ ކޮންމެ ޢަމަލުފުޅަކާ ގުޅިގެން އެމަނިކުފާނަށް ރައްދު ދެއްވާ ތަފްސީރު ޢިލްމުވެރިޔާ ޑރ. ޢިޔާޒް ވެސް ވަނީ މިކަމުގައި ވަރަށް ވަރުގަދަ ރައްދުތަކެއް ރައީސް ނަޝީދަށް ދެއްވާފައެވެ. އެގޮތުން އިޔާޒް ވިދާޅުވީ، ޣައިރު މުސްލިމުންގެ އީދުތައް ފާހަގަކޮށް އެފަދަ ކަންތައްތަކަށް ތަހުނިޔާ ކިޔާ މީހަކު ލައްވާ ދީނީ ފޮތް ނެރުމާއި ފާދިރީއަކު ލައްވާ އެކަން ކުރުވުމުގެ ތަފާތެއް ނެތް ކަމަށެވެ.
ރައީސް ނަޝީދަކީ އައްޝެއިޚް ޙުސެއިން ރަޝީދު އަޙްމަދުގެ ޞަޙީޙް މުސްލިމްގެ ތަރުޖަމާގެ ފުރަތަމަ ޢަދަދުން ފެށިގެން 10 ވަނަ އަދަދާއި ހަމައަށް ނެރުއްވައި ދެއްވި ފަރާތެވެ. އެހެންކަމުން ޑރ. ޢިޔާޒް އިޝާރާތްކުރެއްވީ އެކަމަށް ކަމަށް ޤަބޫލު ކުރެވެއެވެ.
މީގެ އިތުރުން އިޔާޒް ވިދާޅުވެފައިވަނީ، އެމީހެއްގެ އަމިއްލަ ނަފްސާއި މައިންބަފައިންނަށް ވުރެ ރަސޫލުﷲ ﷺ އަށް ލޯބި ނުކުރާނަމަ އެމީހެއްގެ އީމާންކަން ފުރިހަމަ ނުވާނެކަމަށް އެކަލޭގެފާނު ޙަދީޘް ކުރަށްވާފައިވާ ކަމަށެވެ.
ހަމައެއާއެކު ރައީސް ނަޝީދަށް ނިސްބަތްކޮށް ޑރ. އިޔާޒް ވިދާޅުވީ، ތިމާ ނިސްބަތްވާ ޕާޓީ ނޫން މީހަކު ކަމަކު އެދިއްޖެ ނަމަ ތިމާގެ ހުރި ނުލާފާކަން ދައްކާލާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި ކަމަށާއި، އަދި ޕާޓީ މީހުންނަށް ދިނުމަށް ފަހު ނޫނީ އެހެން މީހުންނަށް ނުދޭނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވެފައިވާ ކަމަށެވެ. އަދި ރައީސް ނަޝީދު ކްރިސްމަސް ތަހުނިޔާ ފޮނުއްވުމަކީ، އެމަނިކުފާނުގެ މައިންބަފައިން ދަސްކޮށްދިން ދީނަށް ކުޑަވެސް ލޯތްބެއް ނެތްކަން ދޭހަވާ ކަމެއް ކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ.
އަދި ދިވެހި ރައްޔިތުން ރައީސް ނަޝީދުގެ ނުރައްކަލާމެދު ސަމާލުވާން ޖެހޭ ކަމަށްވެސް ޑރ. އިޔާޒް ވިދާޅުވިއެވެ.

Ilahee vahee basfulhah gon jahai nasarain gaboolukura shirukuge ageedhayah thahuniya kiumakee ebathil ageedha gaboolukoh ekamah thaeedhu kurakamuge hekkeh adhi a e Allahuge ekkauvanthakan gaboolu nukurakamah vevey iuthirafeh
— Ilyas Hussain (@shkilyas) December 26, 2020
efadha maahakee islam dheenuge adhuvveh pic.twitter.com/oU8aSxS3Nv
އިލްޔާސްގެ އިތުރުން ރައީސް ނަޝީދުގެ އެފަދަ ކޮންމެ ޢަމަލުފުޅަކާ ގުޅިގެން އެމަނިކުފާނަށް ރައްދު ދެއްވާ ތަފްސީރު ޢިލްމުވެރިޔާ ޑރ. ޢިޔާޒް ވެސް ވަނީ މިކަމުގައި ވަރަށް ވަރުގަދަ ރައްދުތަކެއް ރައީސް ނަޝީދަށް ދެއްވާފައެވެ. އެގޮތުން އިޔާޒް ވިދާޅުވީ، ޣައިރު މުސްލިމުންގެ އީދުތައް ފާހަގަކޮށް އެފަދަ ކަންތައްތަކަށް ތަހުނިޔާ ކިޔާ މީހަކު ލައްވާ ދީނީ ފޮތް ނެރުމާއި ފާދިރީއަކު ލައްވާ އެކަން ކުރުވުމުގެ ތަފާތެއް ނެތް ކަމަށެވެ.
ރައީސް ނަޝީދަކީ އައްޝެއިޚް ޙުސެއިން ރަޝީދު އަޙްމަދުގެ ޞަޙީޙް މުސްލިމްގެ ތަރުޖަމާގެ ފުރަތަމަ ޢަދަދުން ފެށިގެން 10 ވަނަ އަދަދާއި ހަމައަށް ނެރުއްވައި ދެއްވި ފަރާތެވެ. އެހެންކަމުން ޑރ. ޢިޔާޒް އިޝާރާތްކުރެއްވީ އެކަމަށް ކަމަށް ޤަބޫލު ކުރެވެއެވެ.
މީގެ އިތުރުން އިޔާޒް ވިދާޅުވެފައިވަނީ، އެމީހެއްގެ އަމިއްލަ ނަފްސާއި މައިންބަފައިންނަށް ވުރެ ރަސޫލުﷲ ﷺ އަށް ލޯބި ނުކުރާނަމަ އެމީހެއްގެ އީމާންކަން ފުރިހަމަ ނުވާނެކަމަށް އެކަލޭގެފާނު ޙަދީޘް ކުރަށްވާފައިވާ ކަމަށެވެ.
Rasoola ﷺ Hadheeth kurevvi:
— Dr.Mohamed Iyaz (@dr_iyaz) December 26, 2020
"Emeeheh ge amilla nafsah vure, main bafainnah vure adhi enmehai meesthakunnah vure bodah thiman Rasoola ﷺ dheke loabivun ithuru vumun menuvee thiyabai meehun kure ekaku ves Eman eh nuve eve."
ހަމައެއާއެކު ރައީސް ނަޝީދަށް ނިސްބަތްކޮށް ޑރ. އިޔާޒް ވިދާޅުވީ، ތިމާ ނިސްބަތްވާ ޕާޓީ ނޫން މީހަކު ކަމަކު އެދިއްޖެ ނަމަ ތިމާގެ ހުރި ނުލާފާކަން ދައްކާލާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި ކަމަށާއި، އަދި ޕާޓީ މީހުންނަށް ދިނުމަށް ފަހު ނޫނީ އެހެން މީހުންނަށް ނުދޭނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވެފައިވާ ކަމަށެވެ. އަދި ރައީސް ނަޝީދު ކްރިސްމަސް ތަހުނިޔާ ފޮނުއްވުމަކީ، އެމަނިކުފާނުގެ މައިންބަފައިން ދަސްކޮށްދިން ދީނަށް ކުޑަވެސް ލޯތްބެއް ނެތްކަން ދޭހަވާ ކަމެއް ކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ.
އަދި ދިވެހި ރައްޔިތުން ރައީސް ނަޝީދުގެ ނުރައްކަލާމެދު ސަމާލުވާން ޖެހޭ ކަމަށްވެސް ޑރ. އިޔާޒް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު