އެމްޑީޕީގެ ޕީޖީ ލީޑަރ، މެދުހެންވޭރު ދާއިރާގެ މެމްބަރު ޢަލީ އާޒިމް (ކ) އާއި ޑރ. ޢިޔާޒް (ވ)
އެމްޑީޕީގެ ޕީޖީ ލީޑަރ، މެދުހެންވޭރު ދާއިރާގެ މެމްބަރު ޢަލީ އާޒިމް (ކ) އާއި ޑރ. ޢިޔާޒް (ވ)
ތަފްސީރު ޢިލްމުވެރިޔާ ޑރ އިޔާޒް ގޯހެއް ހައްދަވައި ދީނީ އެއްބައިވަންތަކަމުގެ ޤާނޫނާ ޚިލާފުވެވަޑައިގެންފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހައުސް މެޖޯރިޓީ ލީޑަރ ޢަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒް ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަކީ އިސްލާމް ދީނުގެ ޢަދުއްވެއް ކަމަށް ވިދާޅުވެ ޓްވީޓެއް ކުރަށްވާފައެވެ. އިޔާޒް އެގޮތަށް ވިދާޅުވެފައިވަނީ، ކްރިސްމަހުގެ ތަހުނިޔާ ރައީސް ނަޝީދު ޓްވިޓަރ މެދުވެރިކޮށް އެ ޢީދު ފާހަގަކުރާ ފަރާތްތަކަށް ފޮނުއްވުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން މެދުހެންވޭރު ދާއިރާގެ މެމްބަރު ޢަލީ އާޒިމް ވިދާޅުވީ، ޑރ. އިޔާޒް ތިޔަހެއްދެވީ ގޯހެއް ކަމަށާއި، ރައީސް މުޙައްމަދު ނަޝީދަކީ ފުރިހަމައަށް އިސްލާމްދީން ޤަބޫލުކުރަށްވާ އަދި އެދީނަށް އުޅުއްވާ ބޭފުޅެއް ކަމަށެވެ. މީގެއިތުރުން އިސްލާމްދީނުގެ ޢަދުއްވުން ކަނޑައެޅުމަށް ޤާނޫނެއް އޮންނަ ކަމަށް އަލީ އާޒިމް ވިދާޅުވިއެވެ.

"ޑރ. އިޔާޒް ތިޔަ ދީނީ އެއްބައިވަންތަކަމުގެ ޤާނޫނާ ޚިލާފްވެ ލައްވަނީ." އާޒިމް ވިދާޅުވިއެވެ.

އާޒިމްގެ މި ޓްވީޓް ރައީސް ނަޝީދު ވަނީ އަލުން ޓްވީޓް ކުރަށްވައި އާޒިމަށް ތަޢީދު ކުރަށްވާކަން ހާމަ ކުރަށްވާފައެވެ.

ރައީސް ނަޝީދަށް ނިސްބަތްކުރަށްވައި ޑރ. އިޔާޒް ވިދާޅުވީ، ތިމާ ނިސްބަތްވާ ޕާޓީ ނޫން މީހަކު ކަމަކު އެދިއްޖެ ނަމަ ތިމާގެ ހުރި ނުލަފާކަން ދައްކާލާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި ކަމަށާއި، އަދި ޕާޓީ މީހުންނަށް ދިނުމަށް ފަހު ނޫނީ އެހެން މީހުންނަށް ނުދޭނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވެފައިވާ ކަމަށެވެ. އަދި ރައީސް ނަޝީދު ކްރިސްމަސް ތަހުނިޔާ ފޮނުއްވުމަކީ، އެމަނިކުފާނުގެ މައިންބަފައިން ދަސްކޮށްދިން ދީނަށް ކުޑަވެސް ލޯތްބެއް ނެތްކަން ދޭހަވާ ކަމެއް ކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ.

އަދި ރައީސް ނަޝީދަކީ އިސްލާމްދީނުގެ ޢަދުއްވެއް ކަން އެކަމުން އެނގިގެންދާ ކަމަށާއި، ދިވެހި ރައްޔިތުން ރައީސް ނަޝީދުގެ ނުރައްކަލާމެދު ސަމާލުވާން ޖެހޭ ކަމަށްވެސް ޑރ. އިޔާޒް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


12

ކިނބޫ

29-Dec-2020

އެއްކަހަލަ ދޭތި. ކެކެކެ ތިންވަނަ އެތި އިންނާނެ މަޖިލިހު އުސް ގޮނޑީގަ.


-11

ހަސަން

28-Dec-2020

އެކަމަކު މީނާގެ ޕާޓީ ވެރިކަމަށް ނުގެނެވިގެން ތެޅި ބޭލީ. މޮޔަޔަކަށް ވެސް އިންގޭނެ އެމްޑީޕީ ވެރިކަމެއްގަ އަންނި ގެ ބާރު ނޯންނާނެ އެއް ގޮތެއް ވެސް ނޯންނާނެ.


-6

ޢިމްތިޔާޒް

27-Dec-2020

ޢިސްލާމް ދީނުގެ އަދުއްވެއް , ގައުމުގެ އަދުއްެއް



ޓްރެންޑިން