ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ (ކ) އާއި ޝެއިޚް އިލްޔާސް
ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ (ކ) އާއި ޝެއިޚް އިލްޔާސް
ކްރިސްމަސް ތަހުނިޔާ ޣައިރު މުސްލިމުންނަށް ކިޔައިގެން މުސްލިމަކު މުރުތައްދު ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި އަމިއްލަ ގޮތުން މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަ ކުރަށްވާ އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

ޝިރުކުގެ ޢަޤީދާ ތަކަށް ތަހުނިޔާ ކިޔާ މީހާއަކީ އިސްލާމްދީނުގެ ޢަދުއްވެއް ކަމަށް ޝައިޚް އިލްޔާސް ހުސައިން ވަނީ ވިދާޅުވެފައެވެ. އަދި ކްރިސްމަސްގެ ތަހުނިޔާ ރާއްޖޭގެ ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާތީ އެކަމާ ގުޅިގެން ރައީސް ނަޝީދަށް ފާޑުވިދާޅުވެ އިލްޔާސް ވިދާޅުވީ، އިލާހީ ވަޙީ ބަސްފުޅަށް ގޮން ޖަހައި ނަޞާރާއިން ގަބޫލުކުރާ ޝިރުކުގެ އަގީދާއަށް ތަހުނިޔާ ކިއުމަކީ، އެ ބާތިލު އަގީދާ ގަބޫލުކޮށް އެކަމަށް ތާއިީދު ކުރާކަމުގެ ހެއްކެއް ކަމަށެވެ.

އެކަމާ ގުޅިގެން އަލްހާން ފަހުމީ ވިދާޅުވީ، މީ ތަންކޮޅެއް ބޮޑުވަރު ކަމަށާއި، ކީރިތި ރަސޫލާ ޣައިރު މުސްލިމުންނާ ސިލްމީ ހާލަތުގައި މުޢާމަލާތު ކުރައްވާ އެމީހުންގެ ފަރާތުން ހަދިޔާވެސް ޤަބޫލުކުރެއްވި ކަމަށެވެ. އަދި ޣައިރު މުސްލިމުންގެ ޢީދެއްގައި ތަހުނިޔާ ކިޔުމަކީ މުރުތައްދުވާ ކަމެއް ނޫން ކަމަށް އަލްހާން ވިދާޅުވިއެވެ.

"އދ. ޗާޓަރުގައި ސުލްހައިގެ އެއްބަސްވުމުގައި މިތިބީ! ޣައިރު މުސްލިމުންގެ އީދެއްގައި މިހާލަތުގައި ތަހުނިޔާ ކިޔުމަކީ މުރުތައްދުވާ ކަމެއް ނޫން!" އަލްހާން ވިދާޅުވިއެވެ.

ރައީސް ނަޝީދު ކްރިސްމަސް ތަހުނިޔާ ފޮނުވާފައިވާތީ ރާއްޖޭގެ ބައެއް ދީނީ ޢިލްމުވެރިން ގެންދަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. ނަމަވެސް ބަވަނަ ވެފައިވާ މި ދުނިޔޭގައި ރައީސް ނަޝީދުގެ އިތުރުން މުސްލިމް ދަޢުލަތްތަކުގެ ބައެއް ވެރިންވެސް ވަނީ ކްރިސްމަސްގެ ތަހުނިޔާ ނަޞާރާއިންނަށް ފޮނުވާފައެވެ. އޭގެ ތެރޭގައި ޢުރުދުން އާއި، މެލޭޝިއާ އާއި، ޕާކިސްތާނާއި ދުބާއީގެ އެންމެ އިސްވެރިންވެސް ހިމެނެއެވެ.



ރައީސް ނަޝީދަކީ އިސްލާމް ދީނުގެ ޢަދުއްވެއްކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޢަދާލަތު ޕާޓީގެ ޢިލްމުވެރިން ވިދާޅުވަމުންދާ މައްސަލާއި، އެމްޑީޕީގެ އިސް ފަރާތްތަކުން ދަނީ އެ ޢިލްމުވެރިންނަށް ރައްދު ދެއްވަމުންނެވެ. އެގޮތުން އިހަވަންދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝާފިޢު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިފަދަ ފިތުނަ އުފެއްދާތީ ހިތާމަކުރަށްވާ ކަމަށާއި، ރައީސް ނަޝީދަކީ އިސްލާމް ދީންދެކެ ލޯބިވެވަޑައިގަންނަވާ އިސްލާމް ދީނުގައި ސާބިތުވެތިބުމަށް އެހެންމީހުންނަށްވެސް ބާރުއަޅުއްވާ އެކަމަށް ހިތްވަރާ ނަސޭހަތް ދެއްވާ ބޭފުޅެއް ކަމަށެވެ.

ރައީސް ނަޝީދަކީ ދީނުގެ ޢަދުއްވެއް ކަމަށް ޢަދާލަތު ޕާޓީގެ އިސްފަރާތްތަކުން ބުނަމުންދިއުމާ ގުޅިގެން ކުރީގެ ބަންޑާރަނާއިބު ފާތިމަތު ދިޔާނާ ސައީދު ވެސް ވަނީ އެފަރާތްތަކަށް ރައްދު ދެއްވާފައެވެ. ދިޔާނާ ވިދާޅުވީ ރައީސް ނަޝީދަކީ ރާއްޖޭގައި އެންމެ ފުރަތަމަ އިސްލާމިކް މިނިސްޓްރީގެ ނަމުގައި ވަކި މިނިސްޓްރީއެއް އުފެއްދެވި ރައީސް ކަމަށާއި، އަދި އާސަންދައާއި، ދޮށީ ޢުމުރުގެ ފަރާތްތަކަށާއި، އެކަނިވެރި މައިންނަށް ފައިސާގެ އެހީތެރިކަން ދެއްވަން ފެއްޓެވީވެސް ރައީސް ނަޝީދު ކަމަށެވެ.

ޢަދާލަތުޕާޓީގެ ޢިލްމުވެރިންގެ ވާހަކަތަކުގެ ސަބަބުން ރާއްޖޭގައި ދީނީ ބޮޑު ފިތުނަވެރިކަމެއް އުފެދެމުގެ ބިރު ހީވެފައިވާއިރު، މީސް މީޑިއާގައި ގިނަ ބަޔަކު ދަނީ ޢަދާލަތު ޕާޓީއަށްވެސް ފާޑު ކިޔަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


1

ލަބީބު

29-Dec-2020

ކްރިސްމަސް ތަހުނިޔާ ކިޔުން އެއީ އެހެން ދީނެއް ގަބޫލުކުރުމާ އެއްވަރުގެ ކަމަކަށް ހަދަނީ ދިވެހިންނަކީ އަމިއްލަ ބުއްދިއެއް ނެތް ބައެއް ކަމަށްތަ? މޮޔަ ވާހަކަ ނުދައްކާ!


5

އަހާލީ

27-Dec-2020

އަޅުގަނޑު ހައިރާންވާ ކަމަކީ ބޮޑު ޚަރަދުކޮށްފަ އެކިއެކި ޢިލްމުތައް އުގެނުމާއި އުނގަންނައިދިނުމަށް ޔުނިވާރސިޓީތަކާއި ކޮލެޖު ތައް ހަދާ، ޢުމުރާއި ވަގުތާއި މުދާ އިސްރާފުކުރާތީ. ސީޔާސީ މީހަކަށް ވީމާ ހުރިހާ އެއްޗެއް އެންމެ މޮޅަށް އެނގޭ އިރު ހުރިހާ އެންމެން ސިޔާސީ ވީމާ އެ ނިމުނީ ނޫންތޯ؟ އެމީހުން މާ ބޮޑަކަށް ކިޔަވާކަށްވެސް ނުޖެހޭ ނޫންތޯ؟


-4

ޙަބްޝީ

27-Dec-2020

ޙަރާމް ކަމެއް ހަލާލެއް ނުކުރެވޭނެ އަދި ހަލާލުކަމެއް ހަރާމެއް ވެސް ނުކުރެވޭނެ އެއްވެސް އިންސާނަކައް އދ އަކީ އިންސާނުން އުފައްދައޮގެން އުޅޭތަނެތް



ޓްރެންޑިން