ދިއެފްއެމްގެ ކުރީގެ ސީއީއޯ މަސްއޫދު ހިލްމީގެ ކާރުގައި ރޯކޮށްލި މައްސަލާގައި ޕީއެންސީގެ ރައީސް އަބްދުއް ރަޙީމް ޢަބްދުﷲ (އަދުރޭ) ގެ ކުރީގެ ޑްރައިވަރުގެ ފޯނު ހިފަހައްޓައިފިއެވެ.

މަސްއޫދުގެ ކާރުގައި ރޯކޮށްލާފައިވަނީ މި ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހުގެ ފަތިހު 3:05 ހާއިރުއެވެ. ރޯކޮށްލިއިރު އެކާރު އޮތީ ލ. ފޮނަދޫ ޔޫތު ސެންޓަރު ކައިރީ ޕަބްލިކް ޕާކިން އޭރިއާގައި ޕާކުކޮށްފައެވެ.

"ރަސް އޮންލައިން" އަށް އެނގިފައިވާ ގޮތުގައި މަސްއޫދުހެ ނިސާން ނޯޓް ބްރޭންޑްގެ މި ކާރު ރޯކޮށްލި ކަމުގެ ތުހުމަތުގައި ޕީއެންސީގެ ރައީސް އަބްދުއް ރަޙީމް ޢަބްދުﷲ (އަދުރޭ) ގެ ކުރީގެ ޑްރައިވަރުގެ ފޯނު ފުލުހުން ވަނީ ހިފަހައްޓާފައެވެ.

މި ހާދިސާގައި މަސްޢޫދުގެ ކާރު ވަނީ ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައެވެ. ކާރުގައި ރޯކޮށްލިކަމުގެ ތުހުމަތުގައި އަދުރޭގެ ކުރީގެ ޑްރައިވަރުގެ ފޯނު ހިފަހައްޓާފައިވާ ކަމަށް މައުލޫމާތު ލިބިފައި ވީނަމަވެސް، މިކަމާގުޅިގެން ފުލުހުންގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ކާމިޔާބު ވެފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު