ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން
ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން
ރައީސް ޔާމީންގެ ސަރުކާރުން ޢިމާރާތްކުރެއްވި ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ ތެރެއިން ސިިވިލް ސާވިސް މުވައްޒަފުންނަށް ކަނޑައަޅާފައިވާ ފްލެޓު ލިބޭ މީހުންގެ ވަގުތީ ލިސްޓު އާންމުކޮށްފިއެވެ.

މިނިސްޓްރީތައް ވަކިވަކިން ފާހަގަކޮށް އިޢުލާނުކޮށްފައިވާ ސިވިލް ސާވިސް މުވައްޒަފުންނަށް ހާއްސަ ކެޓަގަރީއަށް ކަނޑައަޅާފައިވާ 1000 ފްލެޓްގެ ތެރެއިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާއަށް ދިނުމަށް ހަމަޖެހިފައިވަނީ 142 ފްލެޓެވެ. ހެލްތު މިނިސްޓްރީ އަށް 201 ފްލެޓު ދިނުމަށް ހަމަޖެހިފައިވާއިރު ހޯމް މިނިސްޓްރީ އަށް 85 ފްލެޓު އަދި އިކޮނޮމިކް މިނިސްޓްރީއަށް ދިނުމަށް ހަމަޖެހިފައިވަނީ 29 ފްލެޓެވެ.

އޭގެ އިތުރުން އިސްލާމިކް މިނިސްޓްރީއަށް 40 ފްލެޓާއި އެންވަޔަރަމެންޓް މިނިސްޓްރީ އަށް 42 ފްލެޓާއި އެޑިއުކޭޝަން މިނިސްޓްރީ އަށް 169 ފްލެޓުގެ އިތުރުން ފިނޭންސް މިނިސްޓްރީ 54 ފްލެޓާއި ފިޝަރީޒް މިނިސްޓްރީއަށް 29 ފްލެޓާއި ފޮރިން މިނިސްޓްރީއަށް 24 ފްލެޓެވެ. މީގެއިތުރުން ޑިފެންސް މިނިސްޓްރީއަށް 43 ފްލެޓާއި ޓޫރިޒަމް މިނިސްޓްރީއަށް 16 ފްލެޓާއި ޔޫތު މިނިސްޓްރީއަށް 47 ފްލެޓާއި ޖެންޑާ މިނިސްޓްރީ އަށް 42 ފްލެޓާއި އެޓާނީ ޖެނެރަލްގެ އޮފީހަށް 28 ފްލެޓާއި މޯލްޑިވްސް މީޑިއާ ކައުންސިލަށް ތިން ފްލެޓު އަދި މާލޭ ސިޓީ ކައުންސިލް ހަ ފްލެޓެވެ.

ފްލެޓުތަކުގެ މައްސަލަތައް ބަލާ ކޮމެޓީ އިން ބުނެފައިވަނީ، މި ކެޓަގަރީއަށް ޕޮއިންޓް ދިނުމުގައި ބަލާފައިވާނީ ޖަނަވަރީ 15، 2018 ގެ ނިޔަލަށް ހިދުމަތް ކޮށްފައިވާ މުއްދަތާއި، ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކަށް ކަމަށެވެ. އަދި އާ މިނިސްޓްރީތައް އުފެދި، މި ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުން އެކި އިދާރާތަކަށް ބަދަލުވެފައިވީ ނަމަވެސް، ކޮމިޓީއިން އެކުލަވާލާފައިވާ ލިސްޓުގައި، ކޮންމެ ފަރާތެއްވެސް ހިމަނާފައި ވާނީ، އެ ފަރާތެއް ފޯމު ހުށަހަޅާފައިވާ މިނިސްޓްރީއެއްގެ ދަށުން ކަމަށް އެ ކޮމެޓީން ވަނީ ބުނެފައެވެ.

"ހިޔާ" މަޝްރޫއުގެ ސިވިލް ސާވިސް މުވައްޒަފުންނަށް ހާއްސަ ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާގޮތުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު، މިއަދުން ފެށިގެން ޖަނަވަރީ 3، 2021 ގެ 15:00 ނިޔަލަށް ވަނީ ހުޅުވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން