ވ. ރަކީދޫގައި އަނިޔާވެރި ގޮތަކަށް ޢުމުރުން 3 އަހަރުގެ މުހައްމަދު އިބްތިހާލް މަރާލިކަން އޭނާގެ މަންމަ، އާފިޔާ މުހައްމަދުގެ މައްޗަށް ސާބިތުވެ 20 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ދެންމެ ހުކުމްކޮށްފި އެވެ.
ދެހާސް ފަނަރަ ވަނަ އަހަރުގެ ޖެނުއަރީ މަހު ގަސްތުގައި އިބްތިހާލް ނޭވާހާސްކޮށް، ޖިސްމާނީ އަނިޔާކޮށް މަރާލި މައްސަލައިގައި އާފިޔާގެ މައްޗަށް ކުރަނީ ގަސްދުގައި ކުޑަކުއްޖަކު މެރުމުގެ ދައުވާއާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ އެވެ. އިބްތިހާލް މަރާލި މައްސަލައިގައި ހުލާސާ ބަޔާން އިއްވައި އަޑުއެހުންތައް ނިންމާލީ މިއަހަރުގެ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު އެވެ.
އެ މައްސަލައިގައި އާފިޔާގެ ފަރާތުން ދިފާއީ ހެއްކެއްގެ ގޮތުގައި ހުށަހެޅީ އޭނާގެ ފިރިމީހާ، އިބްތިހާލްގެ ދޮން ބައްޕަ އެވެ. ނަމަވެސް އާފިޔާގެ ފިރިމީހާ ވެސް ހެކިބަސް ދީފައި ވަނީ އާފިޔާއާ ދެކޮޅަށެވެ. ކްރިމިނަލް ކޯޓުން މިއަދު ކަނޑައަޅާފައިވަނީ، އިބްތިހާލް މަރުވި ދުވަހުގެ ހެނދުނު އާފިޔާ ނިދާ ހޭލި އިރުވެސް އިބްތިހާލް މަރާލަން ނިޔަތްގަނެފައިވާކަމަށް އާފިޔާގެ ބަހުން އެނގޭ ކަމަށާއި، އެހެންކަމުން އާފިޔާގެ މައްޗަށް އުފުލި ދައުވާ އޭނާގެ މައްޗަށް ޝަރުއީ ގޮތުންނާއި، ގާނޫނީ ގޮތުން ވެސް ސާބިތުވާ ކަމަށެވެ.
އަދަބު ކަނޑައެޅުމުގެ ކުރިން އަދަބާ ބެހޭގޮތުން ވާހަކަ ދައްކަން ދިން ފުރުސަތުގައި ދައުލަތުގެ ވަކީލާ އައިޝަތު މުހަައްމަދު އެދިވަޑައިިގަތީ ގާނޫނުލް އުގޫބާތުގެ ދަށުން އެ ކުށުގެ އަދަބުގެ ހަތަރު ދަރަޖަ މަތިކޮށް، އާފިޔާ 20 އަހަރަށް ޖަލަށްލުމަށެވެ. އެއީ ކުޑަކުއްޖަކަށް އަނިޔާ ލިބުމާއި ކުށުގެ ސަބަބުން ލިބުނު ގެއްލުން ބޮޑުވުމާއި ފަރުވާލެއް ނެތި އަދި އަނިޔާވެރިކަން ދެއްކުމާއި އިންސާނެއްގެ ފުރާނައަށް ފަރުވާލެއް ނެތި އެ އަމަލު ހިންގާފައިވާތީ ކަމަށް ދައުލަތުން ބުންޏެވެ.
މި މައްސަލާގައި ޙުކުމް އިއްވަމުން ގާޒީ ސަމީރު ވިދާޅުވި އާފިޔާގެ އިއުތިރާފްގެ އިތުރުން ދައުލަތުން ހުށަހެޅި ހެކިންގެ ބަހުންނާއި ގުޅުވާލެވޭ ގަރީނާތަކުން އާފިޔާގެ މައްޗަށް އެއްވެސް ޝައްކެއް ނެތް މިންވަރަށް އެ ކުށް ސާބިތުވާ ކަމަށެވެ. އެހެންވެ، 20 އަހަރަށް އޭނާ ޖަލަށްލުމަށް ހުކުމް ކުރުމާ އެކު ވިދިވިދިގެން ދެ މަހުގެ ރޯދަ ހިފަން އާފިޔާއަށް އަންގާ ކަމަށް އެ ހުކުމުގައިވެ އެވެ.
ގާޒީ ވިދާޅުވީ އިސްލާމީ ޝަރީއަތުގެ ޖުމްހޫރު އިލްމުވެރިންގެ ރައުޔަށް ބަލާއިރު އެ މައްސަލާގައި އާފިޔާގެ ކިބައިން މަރަށް މަރު ނުހިފޭނެ ކަމަށެވެ. ސަބަބަކީ ދަރިން މަރައިގެން މައިންބަފައިންގެ މައްޗަށް ގިސާސް ނުހިފޭނެ ކަމަށް ޖުމްހޫރީ އިލްމުވެރިން ވިދާޅުވާތީ ކަމަށާއި އެގޮތަށް ސުންނަތް ޖަމާއަތުގެ މަޒްހަބުތަކުގައި އަމަލުކުރާ ކަމަށް ގާޒީ ވިދާޅުވި އެވެ. އެއީ ދަރިިން ދުނިޔެއަށް އަންނަނީ މައިންބަފައިންގެ ފުށުން ކަމަށްވާތީ ކަމަށް ގާޒީ ސަމީރު ވިދާޅުވި އެވެ.
ގާޒީ ވިދާޅުވީ، އާފިޔާއަށް ކުޑައިރުއްސުރެން ފެށިގެން ލިބުނު އަނިޔާތައް ބެލި، އިންސާފު ލިބިފައި ނެތުމަކީ އާފިޔާގެ ފުށުން މުހައްމަދު އިބްތިހާލަށް ލިބުނު އަނިޔާތަކަށް އިންސާފު ނުލިބެންވީ ސަބަބެއް ނޫން ކަމަށާއި، ނަމަވެސް އާފިޔާއަށް ލިބުނު ނަފްސާނީ އަދި ޖިސްމާނީ އަނިޔާތަކަށްވެސް އިންސާފު ލިބެން ޖެހޭ ކަމަށެވެ.
އިބްތިހާލް މަރާލި މައްސަލައިގައި ތުހުމަތު ކުރެވިގެން ބަންދު މުއްދަތު ޖަހަން އާފިޔާ ވ. ތިނަދޫ މެޖިސްޓްރޭޓު ކޯޓަށް ގެންދިޔުމުން އެ ކޯޓުގައި އޭނާ ވަނީ އިބްތިހާލް މަރާލިކަމަށް އިއުތިރާފުވެފަ އެވެ. އަދި ފުލުހުންގެ ތަހުގީގުގައާއި ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައިވެސް އެކަމަށް އޭނާ އިއުތިރާފުވި އެވެ. އެކަމަކު، ފަހުން ކްރިމިނަލް ކޯޓުގައި އާފިޔާ ބުނެފައި ވަނީ އިބްތިހާލަށް އަނިޔާ ނުކުރާ ކަމަށާއި އޭނާ މަރާނުލާ ކަމަށެވެ.
އޭގެ އިތުރުން އާފިޔާ ބުނެފައި ވަނީ އިބްތިހާލަށް ލިބިފައިވާ އަނިޔާތަކާއި ގުޅިގެން ޑޮކްޓަރުން ތައްޔާރުކުރި ރިޕޯޓްގައި ވެސް ހުރީ ހުސް ދޮގު ކަމަށެވެ. ނަމަވެސް އިބްތިހާލްގެ މަރުގެ ކްރައިމް ސީން ރިޕޯޓު ތައްޔާރުކުރި ފުލުސް މީހާ ވަނީ އިބްތިހާލުގެ ކަންފަތާއި ކުރިމަތި ފަރާތް އަދި ކަރުގައި ގިނަ އިރުތަކެއް ނުވާ ޒަހަމްތަކެއް ހުރި ކަމަށް ބުނެފަ އެވެ.
އާފިޔާ 20 އަހަރަށް ޖަލަށްލާން ހުކުމް ކުރިޔަސް، އޭނާ ބަންދުގައި ހޭދަކުރި ފަސް އަހަރާއިި 11 މަސް ދުވަސް ހުކުމުގެ މުއްދަތުން އުނި ކުރުމުން އޭނާ އިތުރަށް ޖަލުގައި ހޭދަ ކުރަން ޖެހޭނީ 15 އަހަރު ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު