ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކޮށްފައިވާ ފުލެޓްތަކެއް
ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކޮށްފައިވާ ފުލެޓްތަކެއް
ރައީސް ޔާމީންގެ "ހިޔާ" މަޝްރޫޢުގެ ދަށުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އިމާރާތްކުރާ ފްލެޓްތައް ލިބޭ މުވައްޒިފުންގެ ދާއިމީ ލިސްޓު މިއަދު އާންމުކޮށްފިއެވެ.

އެމްޕީއެލް އިން ބުނެފައިވަނީ، ދާއިމީ ލިސްޓުގައި ހިމެނޭ މުވައްޒިފުންނަށް ފްލެޓް ގަތުމުގައި ތިން ގޮތެއް އިހްތިޔާރުކުރެވޭނެ ކަމަށާއި، އެގޮތުން އެކީ އެއްފަހަރާ ފައިސާ ދައްކާ ފަރާތްތަކަށް އެއްބަސްވުމުގައި ސޮއި ކުރާތާ ތިން މަސް ތެރޭގައި ފައިސާ ދައްކަންޖެހޭނެ ކަމަށެވެ. އަދި އެ ފަރާތްތަކަށް 7 އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނެކަމަށްވެސް އެމްޕީއެލް އިން ވަނީ ބުނެފައެވެ. އަދި ދެވަނަ ގޮތަކީ އެއް އަހަރަށް ބަހާލައިގެން ފައިސާ ދެއްކުން ކަމަށާއި، ތިންވަނަ ގޮތަކީ ފައިނޭންޝިއަލް އިންސްޓިޓިއުޓަކުން ލޯން ހަމަޖެއްސުން ކަމަށް އެމްޕީއެލް އިން ވަނީ ބުނެފައެވެ.

އެމްޕީއެލް އިން މި މަޝްރޫއުގެ ދަށުން 15 ބުރީގެ 3 ޓަވަރު ގާއިމްކޮށްފައިވެއެވެ. މި ފްލެޓްތަކުގެ އަގު 800،000 ރުފިޔާއިން ފެށިގެން 1،535،821 ރުފިޔާއަށް އަރައެވެ.

މި ފްލެޓްތައް ދޭ މުވައްޒިފުންގެ ވަގުތީ ލިސްޓު އެމްޕީއެލް އިން އެންމެ ފުރަތަމަ އާންމުކޮށްފައިވަނީ 2018 ވަނަ އަހަރުގެ ފަހުކޮޅުއެވެ. އެހެންނަމަވެސް، އޭރު ނެރެފައިވާ ވަގުތީ ލިސްޓު ކެންސަލްކޮށް، އަލުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު 1 ނޮވެމްބަރު 2019 ގައި އެމްޕީއެލް އިން ހުޅުވާލިއެވެ. އަދި އާންމުކުރެވުނު ވަގުތީ ލިސްޓަށް ހުށަހެޅުނު ޝަކުވާތައް އިވެލުއޭޓް ކުރުމަށްފަހު، މިއަދުވަނީ ދާއިމީ ލިސްޓު އާންމުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން