ސިޑި ބިންދައިގެންގޮސް ކުއްޖާ ވެއްޓިފައި
ސިޑި ބިންދައިގެންގޮސް ކުއްޖާ ވެއްޓިފައި
މާލޭގައި ހިންގާ ރެސްޓޯރެންޓެއްގެ ސިޑިއެ ބިންދައިގެން ގޮސް ކުޑަ ކުއްޖަކަށް އަނިޔާވެއްޖެއެވެ.

މިރޭ އިރާކޮޅު އެ ޙާދިސާ ހިނގާފައިވަނީ ގިނަ ބަޔަކު ޚިދުމަށް ލިބިގަންނަމުންދާ ތަޒްކީރޫފް ރެސްޓޯރެންޓްގައި ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ޙާދިސާ ހިނގި ވަގުތު އެ ސަރަޙައްދުގައި ހުރި މީހަކު "ރަސް އޮންލައިނަށް" މަޢުލޫމާތު ދެމުން ބުނެފައިވަނީ ރެސްޓޯރެންޓްގެ ސިޑި ބިންދައިގެން ދިއުމުގެ މި ޙާދިސާގައި އަނިޔާ ލިބިފައިވަނީ ކުޑަ ފިރިހެން ކުއްޖަކަށް ކަމަށާއި، ސިޑި ބިނދުމުގެ ސަބަބުން އެތަނުން ވެއްޓުނު ކުއްޖާގެ ފައިގެ ކުޑަހުޅާއި ކަކުލާއި އުނަގަނޑަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށެވެ.

މި ޙާދިސާއާއި ގުޅޭ ގޮތުން އިތުރު މަޢޫލޫމާތެއް ލިބިފައި ނުވާއިރު، މިކަމާ ބެހޭގޮތުން ފުލުހުންވެސް އެއްވެސް މަޢުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

ކޯވިޑް-19 އާ ގުޅިގެން މާލޭގައި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގައި ޚިދުމަތް ފޯރުކޮށްދޭއިރު ސަލާމަތީގޮތުން ޚާއްސަ މިންގަނޑު ތަކަކަށް ޢަމަލު ކުރަން ޖެހޭއިރު، ގިނަ ހޮޓާ، ކެފޭ ރެސްޓޯރެންޓް ތަކުން އެ މިންގަނޑަށް ޢަމަލު ނުކުރާކަމުގެ ޝަކުވާ ވެދއ ޢާއްމުން ދަނީ ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


0

ކިޔާމީހް

05-Jan-2021

އެއީ ކޮންކަހަލަ ސިޑިއެއްތޯ، ވީ ކިހާ ދުވަހެއްތޯ ، ހަދާފަ ހުރީ ކޮން އެއްޗަކުން ތޯ، މިތާ މުހިންމު ކަންކަމަކީ ސާފުކުރަން ، ދެން ހަމަ ލިޔުމަކަސް ކަމަކު ނުދާނެ އޭ



ޓްރެންޑިން