މާލޭ ސިޓީގެ މޭޔަރ ސިފާ މުޙައްމަދު (ކ) އާއި އިސްލާމިކް މިނިސްޓަރ އަޙްމަދު ޒާހިރު
މާލޭ ސިޓީގެ މޭޔަރ ސިފާ މުޙައްމަދު (ކ) އާއި އިސްލާމިކް މިނިސްޓަރ އަޙްމަދު ޒާހިރު
މިސްކިތްތައް ބެލެހެއްޓުން 2019 ވަނަ އަހަރު ބަޖެޓާއި އެކު ކައުންސިލްތަކާއިވަނީ ހަވާލު ކުރެވިފައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނުމުން މާލޭ ސިޓީގެ މޭޔަރު ޝިފާ މުޙައްމަދު އެކަމަށް ރައްދު ދެއްވައިފިއެވެ.

އިސްލާމީ މަރުކަޒު އާބާތުރަ ނުފިލުވައި ޢިމާރާތް ވީރާނާވުމަށް ދޫކޮށްލާފައިވާ ކަމަށްބުނެ ކުރިމަތިވެފައިވާ ފާޑުކިއުންތަކާ ގުޅިގެން އެ މިސްކިތުގެ މަރާމާތުގެ ބައެއް މަސައްކަތްތައް ފަށަން ތައްޔާރުވެފައިވާކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ވަނީ ބުނެފައެވެ. އަދި މިސްކިތްތައް ބެލެހެއްޓުން 2019 ވަނަ އަހަރު (142-B1/CIR/2019/8 ނަންބަރު ސަރކިއުލާ އިން) ބަޖެޓާއި އެކު ކައުންސިލްތަކާއިވަނީ ހަވާލު ކުރެވިފައި ވާކަމަށް އެމިނިސްޓްރީން ބުނެފައިވެއެވެ.

މިނިސްޓްރީގެ ވާހަކަތަކާ ގުޅިގެން މާލޭސިޓީގެ މޭޔަރު ޝިފާ މުޙައްމަދު ވިދާޅުވެފައި ވަނީ އިސްލާމީ މަރުކަޒު ބެލެހެއްޓުން މާލޭ ސިޓީ ކައުންސިލާ ޙަވާލު ކޮށްފައި ނުވާ ކަމަށެވެ. އަދި އިސްލާމިކް މިނިސްޓްރީގެ އޮފީސް ބެލެހެއްޓުން ކައުންސިލާ ޙަވާލު ނުކުރަންތޯ މޭޔަރު ޝިފާ ސުވާލު ކުރައްވާފައިވެއެވެ.



ޝިފާގެ ވާހަކަތަކަށް ބާރު ދެއްވަމުން މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފް ވިދާޅުވީ، އިސްލާމީ މަރުކަޒަކީ އަބަދުވެސް އިސްލާމިކް މިނިސްޓްރީން ބަލަހައްޓާ ތަނެއް ކަމަށާއި، އެއް އިރެއްގައިވެސް އިސްލާމީ މަރުކަޒު ސިޓީ ކައުންސިލާ ޙަވާލުކޮށްފައި ނުވާކަމަށެވެ. އަދި ކައުންސިލާ ޙަވާލުކޮށްފައި ވަނީ މިސްކިތް އެކަނި ކަމަށާއި، އެކަން ކޮށްފައިވަނީ އެގްރީމެންޓެއްގެ ދަށުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ އެގްރީމެންޓްގައި ސޮއިކުރީ އޭނާ ކަމަށް ޝަމާއު ވިދާޅުވިއެވެ.



އިސްލާމީ މަރުކަޒަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ވެރިކަމުގެ ކުރީކޮޅުން ފެށިގެން ވަރަށް ރީތިކޮށް، ފަރުވާތެރިކަމާއެކު ބަލަހައްޓަމުން އަންނަ ރާއްޖޭގެ މުހިންމު އިސްލާމީ ރަމްޒީ ބިނާއެއްކަމަށް އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) ވަނީ ވިދާޅުވެފައެވެ. އަދި އެ ތަން ވީރާނާވަމުން އަންނަތަން ފެނުމަކީ ވަރަށް ހިތާމަވެރި ކަމެއްކަމަށާއި، އެ ތަން ރަގަޅަށް ބަލަހައްޓަވައިދެއްވުމަށް ވެސް ވައްޑެ ވަނީ އެދިވަޑައިގެންފައެވެ.

އެކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ބުނީ އިސްލާމީ މަރުކަޒުގައި މިހާތަނަށް ކުރެވޭ އެންމެ ބޮޑު މަރާމާތުގެ މަސައްކަތް ޚަލީފާ ފައުންޑޭޝަނާއި، ހަވާލުކޮށްގެން 2019 ވަނަ އަހަރުން ފެށިގެން ކުރަމުންދާ ކަމަށެވެ. އެ ގޮތުން މަރުކަޒުގެ އެތެރޭގެ ބައެއް މަސައްކަތްތައް ނިމިފައިވާ ކަމަށާއި، ބޭރުގެ ބައެއް މަސައްކަތް ކުރަމުންދާއިރު މިސްކިތުގެ ‏ގުއްބާއި، މުންނާރުގެ ބޮޑެތި މަރާމާތުގެ މަސައްކަތްތަކެއް ކުރަން ތައްޔާރުވެފައިވާކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން