ގއ. ވިލިނގިލި
ގއ. ވިލިނގިލި
ގއ. ވިލިނގިލީ ފުޓްސަލް ދަނޑުގައި އަޅާފައިވާ މެޓްގައި އަލިފާން ރޯވެއްޖެއެވެ.

"ރަސް އޮންލައިން" އަށް ލިބިފައިވާ ވީޑިއޯއެއްގައި ވާގޮތުން އެރަށު ފުޓްސަލް ދަނޑުގެ މެޓްގައި ވަނީ ވަރަށް ބޮޑަށް ރޯވެފައެވެ. އަދި އަލިފާން ނިއްވުމުގެ މަސައްކަތުގައި ގިނަ ޢަދަދެއްގެ ޒުވާނުން ޙަރަކާތްތެރިވާ މަންޒަރުވެސް އެ ވީޑިއޯ އިން ފެނެއެވެ.



މި ޙާދިސާ ހިނގަން މެދުވެރިވި ސަބަބާއި، އެކަމާ ގުޅޭ އިތުރު ތަފްސީލެއް ލިބިފައެއް ނުވެއެވެ.

ގއ. ވިލިނގިލީ ފުޓްސަލް ދަނޑަކީ ރައީސް ޔާމީންގެ ވެރިކަމުގައި އެރަށުގައި ޤާއިމްކުރި ފުޓްސަލް ދަނޑެކެވެ. މިކަމާ ގުޅޭގޮތުން ފުލުހުން އަދި ބަހެއް ބުނެފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-9

އައިވަރީ ރޯސް

05-Jan-2021

ޓެމްޕަރޭޗަރ މާ މަތިވެގެން ރޯވީކަމަށް ވާނީ



ޓްރެންޑިން