އެމްއެންޑީއެފް ކޯސްޓް ގާޑް (ފޮޓޯ: އެމްއެންޑީއެފް)
އެމްއެންޑީއެފް ކޯސްޓް ގާޑް (ފޮޓޯ: އެމްއެންޑީއެފް)
މ. މުލިން ފުރައިގެން މާލެ ދަތުރުކުރި ސީއެމްބިއުލާންސް ލޯންޗް އެހެން ލޯންޗެއްގައި ޖެހި އެކްސިޑެންޓް ވެއްޖެއެވެ.

އެމްއެންޑީއެފްއިން މިރޭ ބުނީ މ. މުލިން ފުރައިގެން މާލެ ދަތުރުކުރި ސީއެމްބިއުލާންސް ލޯންޗަކާއި މާލެއިން ފުރައިގެން ދަތުރުކުރި ލޯންޗެއް ޖެހި އެކްސިޑެންޓް ވެފައިވާ ކަމަށެވެ. މި ހާދިސާގައި ދެ ލޯންޗުގައި ތިބި މީހުންނަށްވެސް އެކި ވަރުގެ އަނިޔާ ވަނީ ވެފައެވެ. މި ހާދިސާގެ މައުލޫމާތު ލިބިގެން ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.



އެމްއެންޑީއެފުން ބުނީ މި އެކްސިޑެންޓް ހިނގާފައިވަނީ، އިތާފުށި ރިސޯޓް ކައިރިން ކަނޑުމަތިން ކަމަށެވެ. މި އެކްސިޑެންޓްގައި ސީއެމްބިއުލާންސްގައި ދަތުރުކުރި 8 މީހުންގެ ތެރެއިން ދެ މީހަކަށް ވަނީ އަނިޔާވެފައެވެ. އަދި އަނެއް ލޯންޗުގެ ކެޕްޓަނަށް ވަނީ އަނިޔާވެފައެވެ.

މި އެކްސިޑެންޓާ ގުޅޭ އިތުރު މަޢުލޫމާތު އެމްއެންޑީއެފުން އަދި ހާމަކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން